Party ge membarunge shakuvaathah varah gina, ekankamun araigannan jehey: Aslam
image
ފޮޓޯ: ސޯޝަލް މީޑީއާ
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

ޕާޓީގެ މެމްބަރުންގެ ޝަކުވާތައް ވަރަށްގިނަ، އެކަންކަމުން އަރައިގަންނަންޖެހޭ: އަސްލަމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންގެ ޝަކުވާތައް ވަރަށް ގިނަ ކަމަށާއި، އެކަންކަމުން އަރައިގަންނަންޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމްގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ކެމްޕެއިންގައި ޕާޓީގެ މެމްބަރުންނާއި ބައްދަލުވުމުން އެމީހުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން ހާމަވާކަމަށެވެ. އަދި އެކަންކަމަށް ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ހައްލަު ހޯދަންޖެހޭކަމަށް އަސްލަމް ވިދާޅުވި އެވެ.

އެގޮތުން މެމްބަރުންގެ ޝަކުވާގެ ތެރޭގައި ޕާޓީއާއި އާންމު މެމްބަރުންނާއި ދެމެދު އޮތް ގުޅުން ބޮޑުތަނުން ދުރުވެފައިވާކަން ފާހަގަވިކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެކަމުގެ ހައްލެއްގެ ގޮތުން އަހަރަކު އެއްފަހަރު އެމްޑީޕީގެ ކޮންގްރެސް ބާއްވާގޮތަށް ހެދިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވޭނަމަ، ޕާޓީގެ ގޮފިތައް އިންތިޒާމުވެ ޕާޓީގެ ދާއިރާތަކުގެ ކަންބޮޑުވުންތައް އަދި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަސޭހަވާނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވި ހިސާބުން ޕާޓީގެ މެމްބަރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި އެކަންކަމުގެ ތެރޭގައި ގެއްލުންލިބުނު މެމްބަރުންނަށް ހައްޤު ބަދަލުދޭންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން އެކިފަރާތްތަކަށް ބަދަލުދޭ ވާހަކަ އިދިކޮޅުން ދައްކާކަމަށާއި، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދޭންޖެހެނީ ރައީސް ޔާމީންގެ ސަރުކާރުން ވިޔާނުދާކޮށް ކަންކަން ކުރުމުންކަމަށެވެ. އަދި މީހުނަށް ބަދަލު ދޭންޖެހިފައި އޮތީ މީހުންގެ ހައްޤަށް އަރައިގަތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެޖަގަހަ ރަސްމީކޮށް ހުޅުވާދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.
ހިޔާލު

އަލީ

ތިމަގާމައް އެންމެއެކަށީގެން ވަނީ ސިފާޒު

ބުރުޒު

މިމީހުންގެ ލަދެއް ނުހުރޭ ދޯ ރައްޔިތުން ކުރިމައްޗައް ނުކުމެ ތިމާ ވަރު ކަމުދާ މީހަކު ނެތޭ ބުނަން ..... ގެން ޤާނޫނައް އަރައިގަނެގަނެ ތިބޭ އިރުވެސް.

ފަލަގެރި

މާލޭ މީހުންގެ ގޯތި އައްޑޫ މީހުން ފޭރިގަންނަ މައްސަލަ ވަރަށް ބޮޑުކަމަށް ޕާޓީ ކުދިން ބުނަނީ