2 bicycle ehgge verifaraai hoadhanee
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދެ ބައިސްކަލެއްގެ ވެރިފަރާތް ހޯދަނީ

ދެ ބައިސްކަލެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެ ބައިސްކަލުތަކަކީ މާލެ، މާފަންނު ބިސްބުރު ކައިރި ގުލްހަޒާރު ގޯޅިން ވަގަށް ނަގައިގެން ގެންދާކަމަށް ތުހުތުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސަކަލްތަކެއް ކަމަށެވެ.

އެ ދެ ބައިސްކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހު ދެވަނަ ދުވަހެއްގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ބައިސްކަލުތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން ފުލުހުން ވަނީ އެދިފައެވެ.
ވައްކަން ފުލުހުން
ހިޔާލު