ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
ސިޔާސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން---ފޮޓޯ: މިހާރު އޮންލައިން
ފާތުމަތު ރިފާޢަތު
12 ނޮވެންބަރ 2019
0 ކޮމެންޓް
Tweet
ރައީސް ޔާމީންގެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން ފަސް ފަނޑިޔާރުންގެ ބެންޗެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފިއެވެ.
މައްސަަލަ ބަލައި ނިޔާ ކަނޑައެޅުމަށްޓަކައި އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އެ ކޯޓުގެ ގާޒީން ކަމުގައިވާ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ގާޒީ އަހުމަދު ޝަކީލް އާއި ގާޒީ މުހައްމަދު ސަމީރު އާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ނެރުއްވި ގަރާރެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ހުށަހަޅައިގެން އެ ކޯޓުގެ ގަޒިއްޔާއިން ބަލަމުންދާ މަނީ ލޯންޑްރިން ގެ ކުށުގެ ދައުވާގެ ޝަރީޢަތް، އެއްގާޒީއަކު ބެލުމުގެ ބަދަލުގައި ގާޒީންގެ ބެންޗަކުން ބަލައި ދިނުމަށް ރައީސް ޔާމީންގެ ފަރާތުން މައްސަލައިގެ އިބްތިދާޢީ މަރުހަލާގައި އެދިފައިވާނެ ކަމަށެވެ.
އަދި މިހާރުވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާތީ، މައްސަލައިގެ ޒާތަށާއި ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓްތަކާބެހޭ ގާނޫނުގެ 58 ވަނަ މާއްދާއިން ކޯޓަށް ލިބިދީފައިވާ އިޙްތިޔާރުގެ ދަށުން މައްސަަލަ ބަލައި ނިޔާ ކަނޑައެޅުމަށްޓަކައި ބެންޗް އެކުލަވާލީ ކަމަށް ގަރާރުގައި ބުނެ އެވެ.
ރައީސް ޔާމީންގެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި
ކްރިމިނަލް ކޯޓް
ރައީސް ޔާމީން
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
އަނެއްކާ ވެސް ފިޔަލުގެ އަގު އުފުލިއްޖެ
1 ގަޑިއިރު ކުރިން
ބޯކޮށް ވާރޭވެހި ނައިފަރު މަގުތަކުގައި ފެންބޮޑުވެ 25 ގެއަކަށް ފެން ވަދެއްޖެ
3 ގަޑިއިރު ކުރިން
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު
3 ގަޑިއިރު ކުރިން
މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ
3 ގަޑިއިރު ކުރިން
އައްޑޫ ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
4 ގަޑިއިރު ކުރިން