Fandiyaaru Adam mohammed ge thahugeegu adu ehun cancel kohffi
image
ފޮޓޯ: ސަން
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން ކެންސަލް ކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މިއަދު ބޭއްވުމަށް ހަމަޖެއްސި ތަހުގީގު އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ، އެ އަޑުއެހުން ކެންސަލް ކުރީ ފަނޑިޔާރު އާދަމް މުހައްމަދު ހާޒިރުވުމަށް އުޒުރުވެރިވާތީ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގެ 2 އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވެއެވެ. ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގެނައުމުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ޖަމީލް ވަކީޅެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަން އަންގާފައެވެ. އެގޮތުން ޖޭއެސްސީން ބުނެފައިވަނީ، ޑރ. ޖަމީލަކީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަނޑިޔާރު އާދަމް މުހައްމަދު ބައްލަވަމުން ގެންދަވާ ދުސްތޫރީ މައްސަލައެއްގައި އެއް ހަސްމު ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އިންނެވުމުން އެ ކަމަކީ މަސްލަހަތު ފުށުއަރާކަމެއްކަމަށެވެ. އެހެންކަމުން މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރުމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައި ނުގަނެވޭނެ ކަމަށް ޖޭއެސްސީން އަންގާފައިވެއެވެ.

އެތަހުގީގުގެ އެންމެ ފަހުން ބޭއްވި އަޑިއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ވަޑައިގެންފައިވަނީ އެއްވެސް ވަކީލަކާއި ނުލައެވެ. އަޑުއެހުން ފެށުމާ އެކު އާދަމް މުހައްމަދު ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތަށް އާދަމް މުހައްމަދު އެދިވަޑައިގަތުމާ ގުޅިގެން މައްސަލަ ބައްލަވަމުން ގެންދަވާ ޖޭއެސްސީގެ މެންބަރުން ވަނީ ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް އޭނާއަށް އެ ފުރުސަތު ދެއްވާފަ އެވެ. އަދި އެއީ ވަކީލަކު ހަމަޖައްސަން ދެވޭ ފަހު ފުރުސަތު ކަމަށާއި މިމުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހުނު ނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށްވެސް ސުލޫކީ މައްސަލަ ބައްލަވާ ޖޭއެސްސީގެ ކޮމިޓީގެ ބޭފުޅުން ވަނީ އަންގަވާފަ އެވެ.

ކޮމިޓީން މިގޮތަށް އެންގުމުން މިމުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހިދާނެ ކަމުގެ ރޫހެއްގައި ވާހަކަދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ވަކީލަކު ހޯދުމަށް އޭނާއަށް ކުރެވޭނީ މަސައްކަތް ކަމަށެވެ. ޑރ. ޖަމީލާ މެދު އަމަލުކުރެވުނު ގޮތުން މިމައްސަލައިގައި ބައިވެރިވުމަށް ބައެއް ވަކީލުން ބޭނުން ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އެގޮތަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ކޮމިޓީގެ ރިޔާސަތުގައި އިންނެވި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ އާދަމް މުހައްމަދު މަސައްކަތް ކުރައްވަނީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަން ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
ހިޔާލު

އަހުމަދު

ތިބުނާ އާތިކާއަކީ 2012 ވަނަ އަހަރު ވެރިކަން ވައްޓާލިއިރުގައި ކޮން ވަޒީފާއެއްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒިފެންތޯ ބައްލަވާ ލަންވަން ނޫސްވެރިންނަ ކެރިވަޑައި ގަންނަވާނެތޯ ؟ އޭރު ހުންނެވީ އެޑްމިނިސްޓްރޭޓިވް އޮފިޝަރެއްގެ މަގާމުގައެވެ. ދެން ބަރިބަރިއަށް ފުލުފުލުން ޕުރޮމޯޝަންތަށް ލިބުނީ ބަޔަކު މީހުން ބޭނުންވާގޮތަށް ގާނޫނާއި ޚިލާފަ ކުރާކަންކަމުގައި ބައިވެރި ކުރުމަށްޓަކައި ތައްޔާރުކުރި ކަމަނާއެކެވެ. އަބްދުﷲ ސައީދުއާއި ޑީޑީ މެންގެ ޕަޕަޓެއްގެ ގޮތުގައެވެ. އޭގެ ފަހުން މަގާމުގެ ދަހިވެތި ކަމުގައި އަބުދުﷲ ސައީދަށް ވެސް ދޯގާ ދިނީއެވެ. ދެން މީނާގެ ދިފާއުގައި ޑީޑީ ތެޅޭނެ ވަރު އެގިލައްވާނޭކަމަށް އުއްމީދު ކުރަމެވެ.