Uhthama fandiyaaruge dhifaaugai sheikh ilyas nikume vadaigenfi
image
ޝައިޚް އިލްޔާސް ހުސައިން -- ފޮޓޯ: ވީނިއުސް
7 ކޮމެންޓް
 

އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ޝައިޚް އިލްޔާސް ނިކުމެވަޑައިގެންފި

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ޝަރީއާ އިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ހުންނެވުމަކީ ފަޚުރެއް ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ދިފާއުގައި ނިކުމެވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ޝައިހް އިލްޔާސް ނިކުންނަވާފައި މިވަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ ބަލަމުންދާ ވަގުތެއްގަ އެވެ. އަދި ޖޭއެސްސީއާ އުއްތަމަ ފަނޑިޔާރާ ދެމެދު މިހާރު ދަނީ ބޮޑެތި ކޯޅުންތަކެއް ވެސް ހިނގަމުންނެެވެ.

އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ޝައިހް އިލްޔާސް މިއަދު ވިދާޅުވީ ކަމާ ގުޅޭ އިލްމު ލިބިވަޑައިގެންފައިވާ، ގާބިލް އަދި ޤުރުއާން ހިތުދަސް، ޝަރީއާ އިން ޕީއެޗް އޮތް ބޭފުޅަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އެހެންކަމުން މިފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުއީ އިލްމު ލިބިވަޑައިގެންފައި ނުވާ ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގެނައުމަކީ ކޮން ކަހަލަ އިންސާފެއްތޯއޭ ވިދާޅުވެ ޝައިޚް އިލްޔާސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ރައްޔިތުން މިކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށްވެސް ޝައިހް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.



ޖޭއެސްސީން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް ބެލުމަށް އެމަނިކުފާނު ގެންދަވަނީ އެއްބާރުލެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި ޖޭއެއްސީން ކުރަމުންދަނީ ގާނޫނާ ޚިލާފު ކަންތައްތަކެއް ކަމަށް ދޭހަވާ ގޮތަށް އުއްތަމަ ފަނޑިޔާރު ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ހިޔާލު

އަހުމަދު

މީގެ އެތަށް މަހެއްގެ ކުރީން ޝޭހު އިލިޔާސް އާއި ޑޜ ޑީޑީއާއި 2 ބޭފުޅުން ސުޕްރީމް ކޯޓްގައި ބައްދަލު ކުރައްވައި ނިންމެވީ މިކަންތޯ ؟

ޝޭހު ވިދާޅުވެ ދެއްވާ

ދަންނަ މީހާއާ ނުދަންނަ މީހާގެ ތަފާތު ވަރަށް ބޮޑެވެ. ދަންނަމީހާ ފާފަކުރަނީ އެނގިހުރެއެވެ. ނުދަންނަ މީހާ ނޭނގިހުރެއެވެ.
މިތަނުން ނުބައި މީހަކީ ކާކުހެއްޔެވެ! ޝޭހު ވިދާޅުވެދެއްވާށެވެ.
އިލްމު އެނގިހުރެ އެެއަށް އަމަލު ނުކުރާ މީހާ، ނޭނގި އަމަލުނުކުރާމީހަކަށްވުރެ ހެޔޮކަން ބޮޑުވާނެތޯ!

މުހަންމާ

ހަތަރެސްކަން ހަމަވީ. މިކަންވެސް ދީނީ ކަމަކަށް ހަދާދެން.

ޤާސިމް

ސެއިޙް އަނެއްކާ އިއްޔެވީކަންތައްތައް ހަދުމަފުޅު ނެތުނީތޯ؟؟ މީނަ ނޫންތޯ 60000 ވުރެގިނަ ރައްޔިތުން ތަމުސީލުކުރަމުންދިޔަ މެމްބަރުންތަކެއްގެ ގޮނޑިގެލިއްޖޭ ކިޔައިގެން އެއްއަހަރަށްވުރެ ގިނަދުވަސްވަންދެން އެބޭފުޅުން މަޖިލިސްއަށްވަނުންމަނާކޮށް މަގުމަތިކުރީ، ބަރަހަނާ ވީޑިޔޯއެއްކުޅުނު ފަނޑިޔާރެއްގެ ދިފާއުގައި ވާހަކަވެސްދެއްކި ދެއްތޯ، އަމިއްލަފުޅައް ސޮއިކުރައްވާފައި ނެރުނު އަމުރެއް އެކޮޅުކޮޅުންޖަހާ އުއްތަމަފަނޑިޔާރުކަން ހޯއްދަވައިގެން އެހުންނެވީ، މީތޯ ތިބުނާ ޝަރީއާ އިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ހުންނެވުމުގެ ފަޚުރަކީމީތޯ؟؟؟ ސެއިހަށް ކުރާ ލޯތްބާޤަދަރު ކުޑަވަނީ މިކަހަލަ މީހުންގެ ދިފާއުގައި އުޅުއްވާތީ...

ހިޔާލް

ކިތަމެ މޮލަކިޔެވިޔަސް ޖާހިލަކަވެދާނެ.މިިިިިެިިންމިބުނީ މިދިޔަ ދުވިސްތަކުގަހުކުމް އައިސް ހުރިގޮތުން...ދީނުގަ ނަމުގަ ފަސާދަ ނޫފަދަވާ.

މިރާޒް ބޭ

ގޯހެއްނެތް ޝައިޚުމެން ކަމުނުދަނި އަތްމަތިހުސް ކޮއްލަވާއިތި

އަސްކޮއި

ޕީ އެޗް ޑީ ނަގައިގެން ދެފަހަރު ދެގޮތަށް ހުކުމްކުރީމަ އެޖެހެނީ ކޮންތާކު ތިމާކުރި ހުކުމް 2 ދުވަސްތެރޭ ބަފަލުކޮށް ހުކުމްކުރީމަ އިސްލާމީ ގައުމެއްގެ ފަނޑިޔާރުކަމުގައި ބަހައްޓަން ކުފޫހަމައެއްނުވޭ