Disha agubodu car eh ganefi
image
ދިޝާ
0 ކޮމެންޓް
 

ދިޝާ އަގުބޮޑު ކާރެއް ގަނެފި

ބޮލީވުޑުގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީ އަގުބޮޑު ކާރެއް ގަނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެއީ 1.5 ކަރޯރު ރުޕީސްގެ އަގުހުރި ކާރެކެވެ. އިންސްޓަގްރާމު މެދުވެރިކޮށް ދިޝާ އެ ކާރުގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އެއީ އޭނާ އަމިއްލައަށް ގަތް ކާރެއް ކަމަށް ވަނީ ބުނެފަ އެވެ.


ދެހާސް ފަނަރަވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދިޝާ މިހާތަނަށް ފެނިގެންދިޔައީ ކާމިޔާބު ފިލްމުތަކުންނެވެ. އޭނާ ވަނީ ބާގީ 2 އާއި އެމްއެސް ދޯނީ ފަދަ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބާރަތު" އިންނެވެ. އެފިލްމުގައި އޭނާ ފެނިގެންދިޔައި "ރާދާ" ގެ ރޯލުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާނު ހާން އާއެކު ފިލްމު "ރާދާ" އިންނެވެ.
ހިޔާލު