Chhapaak ge trailer nerenee
image
ޗަޕާކްގައި ދީޕިކާ ފެނިގެންދާނެ ގޮތް
0 ކޮމެންޓް
 

"ޗާޕާކް"ގެ ޓްރެއިލާ ނެރެނީ

އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމު "ޗަޕާކް" ނެރޭ ދުވަސް ހާމަކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމުގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ފިލްމު އުފެއްދުންތެރިންގެ ފަރާތުން ދީފައެއް ނުވެ އެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު މިފިލްމު ނެރުމަށް ނިންމާފައިވާއިރު މިފިލްމުގެ މަސައްކަތް މިހާރު ވަނިީ ފަށާފައި ކަމަށް ލިޑު ރޯލުން ފެނިގެންދާ ދީޕިކާ ޕަޑުކޮން ވަނީ ބުނެފަ އެވެ. އަދި ފިލްމުގައި އޭނާއަށް ކިޔަނީ "މާލްތީ" ކަމަށް ވެސް ދީޕިކާ ވަނީ ބުނެފަ އެވެ.

މިފިލްމުގައި ދީޕިކާއާ އެކު ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު މިފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްމީވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެހުށަހެޅުން ގަބޫލުނުކުރުމުންނެވެ. ނަމަވެސް އާއިލާގެ އެހީތެރިކަމާއެކު އެހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

މީގެއިތުރުން އޭނާ އަންނަނީ ކެފޭ އެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ ކެފޭގެ އެންމެ ހާއްސަ އެއްކަމަކީ އެތަނުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ވެސް އެސިޑު ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ކަމަށްވުމެވެ.

މިހާރު އުމުރުން 28 އަހަރުގެ ލަކްޝްމީ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ ފަރާތެކެވެ. އަދި ޓީވީ ހޯސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އޭނާ އަންނަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ފާޅުގައި އަޑުއުފުލަމުންނެވެ.
ދީޕިކާ ލަކްޝްމީ
ހިޔާލު