Finolhakun veli naganikoh fuluhun gos huhtuvaifi
image
ފިނޮޅަކުން ވެލި ނަގަނިކޮށް ފުލުހުން ގޮސް ހުއްޓުވާފައި
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފިނޮޅަކުން ވެލި ނަގަނިކޮށް ފުލުހުން ގޮސް ހުއްޓުވައިފި

ށ. އަތޮޅުގައި އޮންނަ ގުނާފަރު ފިނޮޅުން ބަޔަކު ވެލި ނަގަމުންދަނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައިފި އެވެ.
ފުލުހުން ބުނީ އެ އަތޮޅު ކަނޑިތީމު ކައުންސިލަށް ގުނާފަރު ފިނޮޅުން ވެލި ނަގަމުން އަންނަ ކަމުގެ މައުލޫމާތު ލިބި، އެކަން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ގޮސް ވެލި ނަގަމުންދިޔަ މީހުން ހުއްޓުވައި ގޯނިތަކަށް އަޅާފައިވާ ވެލިތައް ވެސް ހުސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެމީހުން އެ ސަރަހައްދުން މިހާރު ފޮނުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަސްތާއަށް ވެލި އެޅުމަށްފަހު އެތަކެތި ހުރީ ދޯންޏަށް ވެސް އަރުވާފަ އެވެ. އެކަން ކުރި މީހުން ފުލުހުން ހާމައެއް ނުކުރެ އެވެ.

ކުރިން ގޯތިތައް ހެދުމަށް ވެސް ރަށްރަށުގެ ގޮނޑު ދޮށުން ވެލި ނެގުމަކީ އާންމު ކަމެއް ނަމަވެސް އެކަމުގެ ސަބަބުން ރަށްގިރުމުގެ ނުރައްކާ ކުރިމަތިވާތީ މިހާރު ވެލިނެގެނީ އެކަމަށް އެދި ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.
އީޕީއޭ ވެލިނެގުން
ހިޔާލު