Physiotherapy hadhan dhiyumun Doctor balimeehaa aa behnu massalla eh balanee
image
ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ / އަސުރުމާ
0 ކޮމެންޓް
 

ފިޒިއޮތެރަޕީ ހަދަން ދިއުމުން ޑޮކްޓަރު ބަލިމީހާއާ ބެހުނު މައްސަލައެއް ބަލަނީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު ބަލި މީހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަގެ 6:00 އެހާއިރު ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެނެކެވެ.

އެ މައްސަލައިގެ ތުހުމަތު ކުރަނީ އުމުރުން 28 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ ފިޒިއޮތެރަޕިސްޓަކަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މެދު ރާއްޖެތެރޭގެ ރަށެއްގެ މުދިމަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަނިޔާ ލިބުނު ކުދިންގެ ބަޔާންތައް އަލުން ނެގުމަށް ފުލުުހުން ވަނީ މަސައްކަތް ފަށާފައެވެ.
ހިޔާލު