Muvahzzafun ithuru kurumah Budget ah ithuru faisaa dhinumah ACC in edhijje
image
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި -- ފޮޓޯ / މަޖިލިސް
1 ކޮމެންޓް
 

މުވައްޒަފުން އިތުރުކުރުމަށް ބަޖެޓަށް އިތުރު ފައިސާ ދިނުމަށް އޭސީސީން އެދިއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންނަ އަހަރުގެ ބަޖެޓުގައި މިހާރު ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު 41 މިލިއަން ރުފިޔާ އިތުރު ކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި އޭސީސީއަށް ދީފައިވާ ވަނީ 34.7 މިލިއަން ރުފިޔާއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ބަޖެޓު ކޮމެޓީގެ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވަނީ މުވައްޒަފުންގެ ދަތިތަކަމަކީ އެ ކޮމިޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ ސްޕީޑު ދަށްވާ އެންމެ ބޮޑު ސަބަބަކީ އެ ކޮމިޝަނަށް ދިމާވެފައިވާ މުވައްޒަފުންގެ މައްސަލަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އޭސީސީން ކުރާ މަސައްކަތް އިތުރަށް ހަލުވި ކުރުމަށްޓަކައި 25 މުވައްޒަފުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އަންނަ ޝަކުވާ އަކީ މައްސަލަތައް ލަހުން ނިންމޭ ކަމުގެ ޝަކުވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު އައިފަހުން، އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާ ކޮމިޝަނުގެ މެންބަރުން ވިދާޅުވީ އަލަށް އެކުލަވާލެވުނު ކޮމިޝަނުގައި ތިއްބެވި ބޭފުޅުން މަގާމާއި ހަވާލުވިއިރު "ވާރުތަވެގެން" އައިސްފައިވާ 800އަށްވުރެ ގިނަ މައްސަލަ އެބަހުރި ކަމަށެވެ. އަދި ހަމައެއާއެކު މިހާރުވެސް ކޮމިޝަނަށް ހުށަހެޅެމުންދާ މައްސަލަތަކަށް އެޓެންޑު ކުރަމުން އަންނަ ކަމަށް އޭސީސީގެ މެންބަރުން ފާހަގަކުރެއްވިއެވެ.

އޭސީސީގައި މިހާރު ޖުމްލަ 107 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، އޭގެ ތެރެއިން އިންވެސްޓިގޭޓަރުންގެ އަދަދަކީ 45 އެވެ.
ހިޔާލު

ސސ

ކޮންމެ ބަޔަކުވެސް ބޭނުން ވަނީ އިތުރު ފައިސާ !