"kuriah oi dhaurugai verikan kuran enme rangalhee Qaasim"
image
ފައިލް ފޮޓޯ: މިހާރު
އަބްދުﷲ ޔާމީން
6 ކޮމެންޓް
 

ކުރިއަށް އޮތް ދައުރުގައި ވެރިކަން ކުރަން އެންމެ ރަނގަޅީ ގާސިމް: ނިހާން

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ގެންނަން އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީޕާޓީއާ އަލަށް މެންބަރުންތަކެއް ގުޅިގެން އެކަން ފާހަގަކުރުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ގާސިމް އިބްރާހިމަކީ ދެވަނަ ޖުމްހޫރިއްޔޭގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ފަދަ ހިދުމަތްތެރިއެއް ކަމަށެވެ.

"އެންމެންނަށް ޔަގީންވާންވީ އެމަނިކުފާނު (ގާސިމް އިބްރާހިމް) ގެ ވެރިކަމުގަ އޯގާތެރިކަމާ އަޅާލުމާ ރައްކާތެރިކަން އަޅާލުމާ ލިބޭނީ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދިވެހި ތާރީހުން ފެންނަން އޮތް ހަގީގަތަކީ ސަރުކާރަށް ފާޑުކިޔާ މީހުން ކޮންމެވެސް ގޮތަކުން ޖަލަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން ގާސިމް އިބްރާހިމަކީ ހަ ފަހަރު މިފަދަ މައްސަލަތަކެއްގައި ޖަލަށް ދާންޖެހިފައިވާ ބޭފުޅެއްކަމަށެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ ދެން އަންނަން އޮތް ވެރިކަމެއްގައި ރައްޔިތުންނާ މެދުގައި އެންމެ ބޮޑު ސަމާލުކަމަކާ އޯގާތެރިކަމެއް އެ ވިސްނުމެއްގަ ފިކުރުގަ ހުރި ޕާޓީއަކަށް ވެގެން ދާނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ. އަދި އެ ޕާޓީގެ ލީޑަރުގެ ވިސްނުންފުޅުގަ ނުހުންނާނެ މިއިން އެއްވެސް ބޭފުޅަކާ މެދުގާ ނުކަސިޔާރުން ކުރައްވާކަށް،"

ނިހާން ވިދާޅުވީ އޭނާއަކީ އިދިކޮޅުގައި ހުންނަވައިގެން ވަރަށްބޮޑަށް ގާސިމް އިބްރާހިމަށް ފާޑުކީ މީހުންކަމަށެވެ. އެހެން ނަމަވެސް ނިހާނު ފަދަ ބޭފުޅުންނަށް ޖުމްހޫރީ ޕާޓީން ފުރުސަތު ދީފައި އޮތުމުން ގާސިމް އިބްރާހިމް އަކީ ސާފު ހިތެއްގެ ވެރިއެއްކަން ހާމަވާކަމަށެވެ.

ހިޔާލު

ޏ

އެންމެ އެކަށީގެންވާމީހުން މިހާރު ރައްޔިތުންނަށްއެގޭނެ .ގާސިމް އިބުރާހީމް ރަގަޅުވާނީ ވިޔަ ފާރިއާއިގެން އުޅެން އެތައްއަނބިންނެއްގެ ޒިންމާނަގަމުން އެތައްދަރިންނެއްގެ ޒިންމާއު ފުލަމުން އެތައްބައިވަރު މުވައްޒަ ފުންނެއްގެ ޒިންމާއަށް ޒިންމާދާރުވަމުން 4 ލައްކަ ދިވެހިންނާއި މެދު ވިސްނާނެވަރުގެ ގާބިލްކަމެއް ގާސިމުގެނެތް . ދެން ގޮވާނީ ގޮސް ރައްޔިތުންނަށް ހަމަޖެހުމެއް ނުލިބި ރައްޔިތުންވެސް މޮޔަގޮވަން ފަށާނީ . ސާ ފު ހިތެއް އޮވެގެން ވެރިކަމަށް އާދެވެނީ އަރާތިބެ ރައްޔިތުންގެ ބޯކާން ދިމާކުރަނީ . އޯގާތެރިކަމުގެ ނަމެއްގެ ވެރިއަކަށް އާދެވުނީ ރައްޔިތުމީހާގެ އިހްސާސް ތަކަށް ވުރެ ކުރިއަށް ނެރެނީ ވެރިމީހާގެ އައްބޮނޑި ގާސިމަށް ލިބި ފަވާއެއްޗެހި މަދެއްނޫން .

ކައިރޭ

މިދެން ކާކު އަނގަތަޅަން. ކަލޭމެން ގާސިމްބެ ހައްދަން ދައްކާވާހަކަތީ. ގާސިމްބެ ކަލޭމެން ކޮންމެ މީހަކަށް މަހަކު30 ރ ދީހައްދާއިގެން ގެން ގުޅޭ ބައެއް ތީ

އުފުރާ

މަހައްޕު. މިހާރު ޔާމީނު ސަކަރާތީތަ. ކީއްވެތަ؟

ކޮސްބެ

ކާކުދެންމީ ވާހަކަ ދައްކަން؟ މުޅި ޤައުމު ދަރުވާލާފަ ފިލައިގެން އުޅޭ ފެއިލްވެފާ ތިބި ބައެއް.

ނޫސްކިޔާމީހާ

ނިހާނު މެންގެ ވާހަކައިގަ މިހާރު އޮއްޓަރެއް ނުހުންނާނެ، ސަބަބަކީ އެއީ މާޒީ، އަދި މިހާރު ފެއިލިއަރ، އެހެންވީމަ ތިކަހަލަ ވާހަކަ ގަބޫލު ކުރާނެ ބަޔަކު ތިބޭނެކަމަށް މިހާރު ހީއެއްނުވޭ.

ޢެޓޮމް

ހޯހޯ 30000ރ ކަށަވަރުކުރީދޯ ކޮންމެމަހަކު