Dharaniverivaan jeheynee muhsandhivaa rate ah vureh dhashun: Finance minister
image
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ދަރަނިވެރިވާން ޖެހޭނީ މުއްސަނދިވާ ރޭޓަށްވުރެއް ދަށްކޮށް: މިނިސްޓަރު އަމީރު

ދަރަނި އިތުރު ވާންޖެހޭނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާ މިންވަރަށް ވުރެ ދަށްކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި އިތުރުކުރުމުގެ ސިޔާސަތަކަށް ބަލަނީ އެންމެ ކަމެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން އަބަދުވެސް ދަރަނި އިތުރު ވެގެން ދާންޖެހޭނީ، އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާ މިންވަރަށްވުރެއް ދަށްކޮށްނޭ." އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާނެ މިހާރު ލަފާކުރެވެނީ 7.5 އިންސައްތައިގައި ކަމަށެވެ.

"އަޅުގަނޑުމެން މުއްސަނދިވާ މިންވަރަށްވުރެއް ދަށްކޮށޭ އަޅުގަނޑުމެން ދަރަނިވެރިވާންޖެހޭނީ. އެހެންކަމުން އެރޭޓްގައި އަޅުގަނޑުމެން ހިފަހައްޓާފަ ވަނީ" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ޒިޔާރާތް ކުރުމުން އެ ރަށްރަށުގައި ނިމިދިޔަ ސަރުކާރުން ތަރައްގީގެ މާބޮޑެތި މަޝްރޫއުތަކެއް ނުހިންގާކަން ހާމަވާ ކަމަށެވެ. އަދި އިތުރަށް 20 އަހަރު ވަންދެން ރާއްޖޭގެ ރަށްތައް ތަރައްގީ ނުކޮށް މަޑުކުރެވެން ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ބަޖެޓްގައި ރާއްޖޭގެ ހުރިހާ އަތޮޅެއް އަދި ރަށެއް އެއްވެސް ވަރަކަށް އިސްތިސްނާ ކުރުމެއް ނެތި ހިމަނާފައިވާނެ ކަަމަށެވެ. އަދި އެ ރައްޔިތުންނަށް ހައްގުވާ ތަރައްގީ ވީހާވެސް އަވަހަށް ގެނެސްދިނުމަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ބަޖެޓް 2020 ފިނޭންސް
ހިޔާލު