Anjum ge kashunamaadhu miadhu mendhuru namaadhah fahu
image
ފޮޓޯ: މިހާރު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އަންޖުމްގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ފާތިމަތު އަންޖުމް ޝަފީޤްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި އޮންނާނޭ ކަމަށް އާއިލާ އިން ބުނެފި އެވެ.
އުމުރުން 13 އަހަރުގެ އަންޖުމް ނިޔާވެފައިވަނީ ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަންޖުމް ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީގު ނިޔާވި އެކްސިޑެންޓްގައި އޭނާގެ މަންމަ އަށް އެކި ވަރުގެ އަނިޔާވެފައިވީ ނަމަވެސް ސީރިއަސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ރޭގެ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން ދިޔަ ބަހެއް އެ ސައިކަލުގައި ޖެހިގެން ކަމަށެވެ. އަދި ބަސް، ސައިކަލްގައި ޖެހުމާ އެކު އެ ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހުނު ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ އެ ބަސްދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަހުގެ ޑްރައިވަރު ހައްޔަރުކުރީ އެކްސިޑެންޓަށް ފަހު ފިލަން އުޅެނިކޮށެވެ.
ބުރިޖު އެކްސިޑެންޓް
ހިޔާލު