Anjum maruvi accident gai bus dhuhuvi driver hahyarukohfi
image
އެމްޓީސީސީގެ ބަހެއް -- ފޮޓޯ: އަވަސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އަންޖުމް މަރުވި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށްފި

ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
މިއެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ނުރައްކާތެރި މިއެކްސިޑެންޓާ ގުޅޭ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިދިޔަ ރޯދަ މަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ވަނީ ފަތުރުވެރިޔަކު މަރުވެފަ އެވެ.

ރޭ 11:10 ހާއިރު ހިނގި މިއެކްސިޑެންޓުގައި ޒަހަމްވި އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އޭރު އަންޖުމް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ މައުލޫމާތު ދީފަ އެވެ.

ސްކޫޕީ ސައިކަލެއްގައި މަންމައާއެކު އަންޖުމް ދަތުރުކުރަމުން ދިޔައީ ހުޅުމާލެއިން މާލެއަށެވެ. ނަމަވެސް ރަނގަޅަށް ހައިވޭއަށް އެރޭ ގޮތް ނުވެ އުޅެނިކޮށް ފަހަތުން އައި ބަހުގައި ޖެހި ސައިކަލު އެކްސިޑެންޓުވީ އެވެ.

މިހާދިސާގެ މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓުވުމުން ވެސް ބަސް ވަނީ ނުހުއްޓަ ގޮސްފަ އެވެ. އެ ބަސް ހުއްޓުވީ ފުލުހުން ގޮހެވެ.
ހިޔާލު