Raajje kulhunu match raeesuljumhoorihyaa bahlavaalahvaifi
image
0 ކޮމެންޓް
 

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު މެޗު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މިހާރު ކުރިއަށްދާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އޭޝިއަން ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއި ފިލިޕީންސް ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްލަވާލައްވައިފިއެވެ.
މި މެޗު ކުޅުނީ، މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައެވެ.
މިއަދު ކުޅުނީ، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ ގްރޫޕް އޭ ގެ މެޗެކެވެ. މި މެޗު، 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިލިޕީންސްގެ ޓީމެވެ. މި ގްރޫޕްގެ ދެވަނަ ބުރުގައި މީގެ ކުރިން ދިވެހިރާއްޖެއާއި ސޫރިޔާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޫރިޔާގެ ޓީމެވެ.

އަދި، ދިވެހިރާއްޖެ އަދި ޗައިނާ ބައްދަލުކުރި މެޗު 5-0 ލަނޑުގެ ތަފާތަކުން ކާމިޔާބު ކުރީ ޗައިނާގެ ޓީމެވެ. އަދި، ގުމާއާއި ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ދިވެހިރާއްޖޭގެ ޤައުމީ ޓީމެވެ.
ރައީސް ޞާލިޙް
ހިޔާލު