Afraasheem avahaaarakohlan havaalukuree dheeneegothun hiyaalu thafaathu bayaku: Report
image
1 ކޮމެންޓް
 

އަފްރާޝީމް އަވަހާަރަކޮށްލަން ހަވާލުކުރީ ދީނީގޮތުން ހިޔާލު ތަފާތު ބަޔަކު: ރިޕޯޓު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން އަޒްލިފް ރައޫފް އާއި ހަވާލުކުރީ އަފްރާޝީމްއާއި ދީނީގޮތުން ހިޔާލުތަފާތު ބައެއްކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.
މި ރިޕޯޓު ރައީސް އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅުންހުރި އެހެން އިދާރާތަކަށް ވެސް ފޮނުވާފައެވެ. އެ ރިޕޯޓުގައި 'ސިއްރު' ޖަހާފައި އޮތް ނަމަވެސް އެ ރިޕޯޓުގެ ބައެއް ވާހަކަތައް ދިވެހި މީޑިއާއި، ސޯޝަލް މީޑިއާއަށް އަންނަނީ ތިލަވަމުންނެވެ.

މިގޮތުން ލިބިފައިވަ ބައެއް މައުލޫމާތުތައް ބުނާގޮތުން، އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އޭރު ދައުވާކުރި 18 އަހަރުން ދަށުގެ ކުއްޖާގެ ބައިވެރިވުން ވެސް އޮތްކަމަށް ވެސް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާ އަށް އެހީވާ މީހުންނާއި ކުދިންނެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމާލުމަށްފަހު ގެއަށް ވަޑައިގަތްތަނުން އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގައެވެ.
ހިޔާލު

ހޯ

ކޮން އަހަރެއްގެ އޮކްޓޯބަރ 2 ކަން ވެސް ޖަހާލަބަލަ،