Jaabir hukurah vadaigathee ves thafaathukoh! Samaalukan hoadhaifi!
image
ފޮޓޯ ޓުވިޓާ: ޖަޒީރާ ސަނާ
ގުފްތަގު އަޖީރު
2 ކޮމެންޓް
 

ޖާބިރު ހުކުރަށް ވަޑައިގަތީ ވެސް ތަފާތުކޮށް! ސަމާލުކަން ހޯއްދަވައިފި!

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެތައް ބައެއްގެ ސަމާލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.
ރައްޔިތުން މަޖިލީހުގައި ޖާބިރު މި ފަހަކަށް ގޮސް ހުދު ކޯޓެއް ތުރުކުރައްވައިގެން ވަޑައިގަތުމުން ވެސް އެކަން އެތައް ބައެއްގެ ސަމާލުކަމަށް އައެއެވެ. ހުދުކޯޓުގައި ވަޑައިގެން ސަމާލުކަން ހޯއްދެވީ ޖާބިރު މަޖިލީހުގައި ދައްކަވަމުން ގެންދެވި ވާހަކަތަކުންނާއި ޖެއްސެވި ވައްތަރުތަކުންނެވެ. ޖާބިރާއިނުލައި 19 ވަނަ ރައްޔިތުންގެ މަޖިލީސް 'އެންޓަޓެއިން' އެއް ނުވާނެއެވެ.



އެންމެ ފަހުން ޖާބިރު މިއަދު މިވަނީ ހުދު ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން ހުކުރަށްވެސް ވަޑައިގެންފައެވެ.



ޖާބިރު ހުކުރަށް ވަޑައިގެން ހުންނެވީވެސް އެންމެ ކުރީސަފުގައެވެ. އަދި ޓީވީން ޖާބިރު ފެނުނުމުން އެތައް ބަޔަކު ދިޔައީ ޖާބިރަށް ސޯސަލްމީޑިއާގައި ތައުރީފުކުރަމުންނެވެ.

މިގޮތުން ބައެއް މީހުން ވަނީ ދަރިންނަށް މިސާލުދެއްކުމަށް ވެސް ޖާބިރުގެ ފޮޓޯ ފޮނުވާފައެެވެ.



އަދި އަނެއްބަޔަކު ބުނެފައިވަނީ ޖާބިރަކީ ދީނީ ކަންކަމަށް އިސްކަން ވެސް ދެއްވާ ބޭފުޅެއްކަމަށެވެ.



ގިނަ ބައެއްގެ ސަމާލުކަން ހަމަ ހުއްޓުނީ ޖާބިރު ކޯޓު ފަޓުލޫނުގައި ހުކުރަށް ވަޑައިގަތުމުންނެވެ.



ޖާބިރު ހުކުރަށް ވަޑައިގަތުމުން ބައެއް މީހުން ވަނީ ޖާބިރާއި މެދު ކުރިން ދެކެމުން ދިޔައީ ގޯސް ކޮށް ކަމަށްވެސް ބުނެފައެވެ.



ހިޔާލު

އަހުމަދުބެ

ދެއްކުން ތެރިކަން ނޫންކަމެއް ނެތް

ޟުސްލިމް

ދެންހޮޑައިދުއަށް ދާނީ ކޯޓްފަޓްލޫގަ، ވެިހުއްޓަސް ހުންނާނީ މޫނުގައި، ގޮސްކުރާނެކަމަކީ އިރުއަރާގަޑީގައި ފޫޓްފަތިގަޑަކުން އަމިއްލަޔަށް އަމިއްލަ ހިޔަނީގައި ފޫޓް އެލުން، ނޫނޭ މޮޅު އިރުމެދުޖެހުނީމަތާ ފޫޓް އަޅާނިމޭނީ؟؟؟؟