Enme molhu bathalaa akah Rishmee adhi bathalakah Youppe!
image
ޔޫއްޕެ އާއި ރިޝްމީ
0 ކޮމެންޓް
 

އެންމެ މޮޅު ބަތަލާއަކަށް ރިޝްމީ އަދި ބަތަލަކަށް ޔޫއްޕެ

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑު، އައިޝަތު ރިޝްމީއަށް އަދި އެންމެ މޮޅު ބަތަލުގެ އެވޯޑު ޔޫޝުފް ޝަފީއު ލިބިއްޖެ އެވެ.
އޮލިމްޕަހުގައި މިހާރު ކުރިއަށްދާ ދިވެހި ފިލްމު އެވޯޑު ހަފުލާގައި ރިޝްމީއަށް މި އެވޯޑު ހަވާލުކުރީ ފިލްމީ ތަރި ނިއުމާ މުހައްމަދެވެ. އަދި ޔޫއްޕެއަށް މި އެވޯޑު ހަވާލުކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.

ރިޝްމީ އަށް އެވޯޑް ލިބުނީ ވިޝްކާ އިންނެވެ. ޔޫއްޕެ އެވޯޑް ލިބުނީ ދެވަންސޫރަ އިންނެވެ.

މީގެ އިތުރުން އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓްރަކަށް ހޮވިފައި ވަނީ ހަދީޖާ އިބްރާހީމް ދީދީ (ހައްޖެ) އެވެ. އަދި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރަކަށް ހޮވިފައި ވަނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މިރޭގެ އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާލު