SunFront ge Good Good sale: Enme aguheyo sale
image
ފޮޓޯ: ސީއެންއެމް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ސަންފްރޮންޓްގެ "ގުޑުގުޑު" ސޭލް: އެންމެ އަގުހެޔޮ ސޭލް

"ގުޑު ގުޑު"ގެ ނަމުގައި ސަން ފްރަންޓުން ވަރަށް ހާއްސަ ސޭލެއް ފަށައިފި އެވެ.
މި ސޭލާ ގުޅޭގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސަން ފޮރަންޓްގެ މެނޭޖަރު އިކްރާމް މުހައްމަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ދުވަސްވަރަކީ އަތޮޅު ތެރޭގެ ގިނަ ބަޔަކު މާލެއަށް އަންނަ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން މިފަދަ ދުވަސްވަރަކާ ދިމާކޮށް އަގު ހެޔޮކޮށް އެއްތަނަކުން މުދާ ފޯރުކޮށް ދިނުމަކީ މިފަދަ ސޭލެއްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

އަހަރު ނިމުމާއެކު ގިނަ މީހުންނަކީ ގޭތެރޭގައި ގެންގުޅޭ ބައެއް ސާމާނު އާކުރުމަށް ބޭނުންވާ ބަޔަކަށް ވާތީ އެފަދަ ފަރާތްތަކަށް މިފަދަ ސޭލްތަކުން އަގު ހޮޔޮކޮށް ކޮލިޓީ މުދާ ސަން ފޮރަންޓުން ލިބިގެން ދާނެ ކަމުގެ ޔަގީން އިކްރާމް ވަނީ ދެއްވާފަ އެވެ. އަދި ތަކެތީގެ އަގު އަތްފޯރާ ފަށުގައި ކަސްޓަމަރުންނަށް ގުޑު ގުޑު ސޭލުން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ ސަން ފޮރަންޓުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ކޮލިޓީ މުދާ އަތްފޯރާ އަގުތަކުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މިފަދަ ސޭލަކުން ކަސްޓަމަރުންނަށް ބޭނުންވާ ގޭތެރޭގެ ތަފާތު ސާމާނު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަކްރާމް ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ބަދިގޭގެ މައިގަނޑު ސާމާނުތައްވެސް ގުޑު ގުޑު ސޭލުން ލިބެން ހުންނާނެ ކަމށެވެ. އަތޮޅުތެރެއިން އޮންލައިންކޮށްވެސް މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި މާލެ އަދި ވިލިމާލޭގެ އިތުރުން ހުޅުމާލެއަށް މުދާ ޑެލިވަރީ ކޮށް އަދި އެ މުދަލެއް ރާވާ ދިނުމުގެ ހިދުމަތް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ގުޑު ގުޑުގެ ސޭލުން ވިއްކާ މުދާ އެމްއެފްއެލްސީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ބީއެމްއެލްގެ އީޒީ ޕޭ މެދުވެރިކޮށް އިންސްޓޯލްމަންޓަށް ވެސް ލިބޭނެ ކަމަށް އަކްރާމް ވިދާޅުވި އެވެ.

ސަން ފޮރަންޓުގެ 4 އައުޓްލެޓް ހުންނަ އިރު މަޖީދީމަގުގައި ހިންގާ ސަން ފްރޮންޓް ލިވިން ހަވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ބަދިގޭގެ ސާމާނަށެވެ. ގުޑު ގުޑު ސޭލް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު މި ސޭލް ނިންމާލާނެ ވަކި ތާރީހެއް އަދި ސަން ފޮރަންޓުން ކަނޑައަޅާފައެއް ނުވެ އެވެ.
ހިޔާލު