Un ge Special Rapporteur Melzer maadhamaa Raajje vadaigannavanee
image
އދގެ ސްޕެޝަލް ރެޕައުޓާ އޮން ޓޯޗާ، ނިލްސް މެލްޒާ
0 ކޮމެންޓް
 

އދގެ ސްޕެޝަލް ރެޕައުޓާ މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އދގެ ސްޕެޝަލް ރެޕައުޓާ އޮން ޓޯޗާ، ނިލްސް މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން ބުނީ މެލްޒާ ރާއްޖެ ވަޑައިގަންނަވަނީ ސަރުކާރުގެ ދައުވަތަކަށް ކަމަށާއި މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މެލްޒާ ރާއްޖެ ވަޑައިގަންނަވަނީ މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކާއި އަދަބުތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ.

މެލްޒާގެ މިދަތުރުގައި ރާއްޖެއިން ކަންކަން އިސްލާހުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު އޮޅުންފިލުއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މެލްޒާގެ މިދަތުރުގައި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން މީގެކުރިން އަނިޔާ ލިބިފައިވާ ބައެއް މީހުންގެ އާއިލާތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ މަރުކަޒުތަކަށް ވެސް މިލްސާ ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މެލްޒާ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅާ ގުޅޭ ރިޕޯޓް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު