Kulfi accident eh vanee
image
0 ކޮމެންޓް
 

ކުލްފީ އެކްސިޑެންޓެއް ވަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ "ކުލްފީ ކުމާރް ބަޖެވާލާ" ގައި ކުލްފީގެ ރޯލުން ފެނިގެންދާ އާކްރިތީ ޝަރްމާގެ ކުޅަދާނަ އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.
އުމުރުން ހަތް އަހަރުގެ އާކްރިތީގެ އެކްޓިންގެ ސަބަބުން އެ ޑްރާމާ ބަލާއި މީހުން ވެސް މަދެއް ނޫނެވެ. ޝޯއަށް އޮތް ތަރުހީބު ދެމެހެއްޓުމުގެ ގޮތުން އުފެއްދުންތެރިން އަންނަނީ ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން ޝޯގެ އޯޑިއަންސް ދަމަހައްޓަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޝޯގައި ވަރަށް އަވަހަށް ކުލްފީ އެކްސިޑެންޓުވާނެ އެވެ. މިއެކްސިޑެންޓު އޭނާއަށް ކުރިމަތިވާނީ ބަހެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. އެގޮތުން ބަހުގައި އެ ދަތުރު އޭނާ ކުރަމުންދިޔައީ ބައްޕަ، ސިކަންދަރަށް ސިއްރުން ކަމަށްވެސް އެވެ. ކޮންމެއަކަސް ކުލްފީއަކީ އެ ޝޯގެ ލީޑު އެެއް ތަރިކަމުން އޭނާ މަރުވާނެ ކަމަކަށް ނުބެލެވެ އެވެ.

އެޝޯއަކީ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ކުލްފީ ކިޔާ ކުޑަކުއްޖެއްގެ މައްޗައް ހަދާ ޝޯ އެކެވެ. މިހާތަނަށް 430 އެޕިސޯޑު ދައްކާފައިވާއިރު ގިނަ އެވޯޑުތަކެއް ވަނީ އެޝޯއަށް ލިބިފަ އެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން ވެސް ވަނީ އެ ޝޯއަށް ލިބިފަ އެވެ. އެ ޝޯ ފަށާފައިވަނީ މިދިޔަ އަހަރު އެވެ.

ހަތްދިހަ ފަސްހާހަށްވުރެ ގިނަ ބަޔަކު އިންސްޓަގްރާމް މެދުވެރިކޮށް ކުލްފީ ފޮލޯކުރާއިރު އޭނާގެ އެ އެކައުންޓަކީ އޭނާގެ މަންމަ ބަލަހައްޓަމުން އަންނަ އެކައުންޓެކެވެ. އެގޮތުން ކުލްފީގެ ސަޕޯޓަރުންނަށް ފޮޓޯ އާއި ވީޑިއޯތައް އަންނަނީ ހިއްސާކުރަމުންނެވެ.
ހިޔާލު