Raees Solih Lanka ge inthihaabee raees ah maruhabaa dhannavaifi
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ލަންކާގެ އިންތިހާބީ ރައީސް ގޮޓަބޭ ރާޖަޕަކްސަ--
0 ކޮމެންޓް
 

ރައީސް ސޯލިހު ލަންކާގެ އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި

ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި ކުރި ހޯއްދެވި ގޮޓަބޭ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ އިންތިހާބުން ފުރިހަމަ ކާމިޔާބެއް ހޯއްދެވި އިންތިހާބީ ރައީސް ގޮޓަބޭ ރާޖަޕަކްސަ އަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

"ރާއްޖެ އާއި ސްރީލަންކާގެ ގާތް، އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަނިކުފާނުގެ އާ ސަރުކާރާއެކު އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސްގެ ކުރެއްވި ޓްވީޓުގައި ވެއެވެ.ލަންކާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގެ ކުރީގައި އުޅުއްވަނީ މައި އިދިކޮޅު ކެންޑިޑޭޓު، ގޮޓަބޭ އެވެ. އެމަނިކުފާނަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ގޮޓަބޭ ވަނީ ކާމިޔާބު އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ގޮޓަބޭ އަށް 52.87 އިންސައްތަ ވޯޓު ލިބިވަޑައިގެންފައި ވާއިރު، ސަޖީތު ޕްރޭމަދާސަ އަށް ލިބިވަޑައިގެންނެވީ 39.67 އިންސައްތަ އެވެ.

އޭގެ އިތުރުން ވައަތު ފިޔައިގެ ކެންޑިޑޭޓް އަނޫރާ ކުމާރާ ދިއްސަނަޔެކެ އަށް ލިބިވަޑައިގެންނެވީ 4.96 އިންސައްތަ އެވެ. އެ ތިން ކެންޑިޑޭޓުންގެ އިތުރުން 32 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޗެއާމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 80 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ.

އިއްޔެ ވޯޓުލުން ކުރިއަށް ދިޔައިރު، އެކިވަރުގެ ހަމަނުޖެހުންތައް ހިނގި އެވެ. އޭގެ އިތުރުން އިންތިހާބުގެ ބައެއް އޮފިޝަލުން ކާނާ ވިހަވެގެން ފަރުވާ ވެސް ދޭން ޖެހުނެވެ.
ހިޔާލު