Dr. Afrasheem Ali ge maruge massalaige report aamukohffi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓް އާންމުކޮށްފި

ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ރިޕޯޓް އާންމުކޮށްފި އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ބެލުމަށްފަހު ތައްޔާރު ކުރި ރިޕޯޓް ވަނީ ރައީސުލްޖުމޫހުރިއްޔާ އާއި ހިއްސާކުރައްވާފަ އެވެ. އަދި އެރިޕޯޓް އާންމު ކޮށްފައިވަނީ ރައީސް އޮފީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ، އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓު ހުންނަ ހ. ފުންވިލުގޭ އިމާރާތަށް އަރަން ހުންނަ ސިޑިކައިރީގައި 2 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

މަރުތައް ތަހުޤީގު ކުރުމަށް އެކުލަވާލި ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ބަލާފައިވަނީ، މައިގަނޑު ހަތަރު މިސްރާބަކަށް އަމާޒުކޮށްގެންނެވެ. އެ މިސްރާބު ތަކަކީ،

1) އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް.
2) އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން.
3) 2013 ގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި.
4) ދީނީ ގޮތުން ޚިޔާލު ތަފާތުވުން.

ޑރ. އަފްރާޝީމް އަލީ މާރި މައްސަލައިގެ ރިޕޯޓް ރައީސް އޮފީހުން އާންމު ކޮށްފައިވާއިރު، އެ ރިޕޯޓްގެ އެކި ބައިތައް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މީޑީއާގައި ލީކުވެސް ކޮށްފަ އެވެ. އަދި އެކަމާއި ގުޅިގެން ޑރ. އަފްރާޝީމްގެ އާއިލާއިން ބުނެފައިވަނީ މަރު ކޮމިޝަނުން ތަހުގީގު ކުރި ރިޕޯޓް ބަލައިނުގަންނަ ކަމަށެވެ.
ހިޔާލު