Aburu kathilaifi, thidhinee enme bodu aniyaa: Dr. Shaheem
image
ފޮޓޯ: ސަން
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

އަބުރު ކަތިލައިފި، ތިދިނީ އެންމެ ބޮޑު އަނިޔާ: ޑރ. ޝަހީމް

އަބުރު ކަތިލާ މީހަކަށް ދެވޭނޭ އެންމެ ބޮޑު އަނިޔާ ދީފައިވާ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ނުހައްގުން ކަތިލި "ކަންބަޅި ބަކަރިއަކީ" އެމަނިކުފާނުތޯ ސުވާލު އުފައްދަވާފަ އެވެ.ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ އަބުރު ކަތިލުމަކީ މިވެރިކަން ނިންމުމަށް އެޅި ބިންގަލަކަށްވެސް ވެދާނޭ ކަމަށެވެ.

"ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ." ޑރ. ޝަހީމްގެ ޓްވީޓްގައިވެ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މަައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާ ގުޅޭގޮތުން ހިމަނާފައިވާ ވާހަކަތަކާއި ގުޅިގެން ޑރ. ޝަހީމް ވަނީ އެކަމުގެ ނުރުހުން ފާޅު ކުރައްވާ މިއަދު އިތުރު ޓްވީޓްތަކެއް ވެސް ކުރައްވާފަ އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުން ކަހަލަ އަނިޔާވެރި އަމަލުތަކުގައި އޭނާ ބައިވެރިވެފައި ނުވާކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ، މައުސޫމް މީހުންނާ ގުޅުވަން ކުރާ މަސައްކަތްތަކަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެެވެ.

ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމް ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ހިއްސާކުރައްވާފައިވާނީ ތެދު މައުލޫމާތު ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާކަން މާތްﷲ ދެނެވޮޑިގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަތަކެއް ހިމަނާފައި ހުރި ކަމަށް ވިދާޅުވެ ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ ޑރ. ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
ހިޔާލު

ގުއިއްޒު

ވައްކަމާ މަކަރާ ޚިޔާނާތުގައި އުޅެވޭނީ ވެސް ވަކިވަރަކަށް ދޯ.

ގޮބޮޅިއަލީ

ޝަހީމޫ މިއުޅެނީ އިންސަނަކު ކަތިލައިގެން އެކަން ކުރި ބަޔަކު ހޯދަން ކަލޭ އެކަމުގަވެސް މަސައްކަތްކުރީ ކަންކަން ސިއްރުކުރަން ދެން ކޮން އަބުރު ކަތިލިވާހަކައެއް ތިދައްކަނީ

ސޮއްބެ

މިއީ އެމްޑީޕީ އިން ފައިނޭންސު ކުރާ ވިކިފަ ހުންނަ ނޫހެއް އައްޗީ

ހުސެން

ހަޤީގަތް ހާމަކުރުމަކީ އަބުރުކަތިލުމަށް ވަނީ ކިހިނަކުން؟