Hidhumathugai saabithuve kuriah dhaanan: Raees
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ހިދުމަތުގައި ސާބިތުވެ ކުރިއަށް ދާނަން: ރައީސް

ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާނާ މަތިކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މާތް الله ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމަށް އެއް އަހަރުވުމާ ގުޅިގެން ސަރުކާރުގެ އިދާރާތަކުގައި މިއަދު ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް ސޯލިހްގެ ވެރިކަމަށް އެއް އަަހަރުވެފައިވާތީ އާންމު މިއަދު ވަނީ ސޯޝަލް މީޑިއާގައި ވެރިކަމާ މެދު އެމީހުން ދެކޭ ގޮތް ހާމަކޮށްފަ އެވެ. އެގޮތުން ރައީސް ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ހާސިލްކޮށް، އަދުލު އިންސާފު ގާއިމުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ ސިޔާސަތުތަކާ ދެކޮޅު މީހުން ދެކޭ ގޮތުގައި ސަރުކާރުގެ ދުވެލި މިދިޔަ އެއް އަހަރުގެ ތެރޭގައި ލަސްވެ އެކަށީގެންވާ ހިދުމަތްތަކެއް ދެވިފައެއް ނުވެ އެވެ.
ހިޔާލު