Azlif Raees Yaaminge office ah ais ulhey: Nazim
image
0 ކޮމެންޓް
 

އަޒްލީފް ރައީސް ޔާމީންގެ އޮފީހަށް އައިސް އުޅޭ: ނާޒިމް

ޑރ.އަފްރަޝީމް އަލީގެ މަރުގެ މައްސަލާގައި ހިމެނޭ އަޒްލިފް ރައޫފް ރައީސް އަބްދުﷲ ޔާމީންގެ އޮފީހަށް ދޭތެރެއިން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް ޔާމީންގެ ކުރީގެ ގާތް އެކުވެރިޔާ އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވާކަން ހާމަވެފައިވަނީ، ރައީސް ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓް ހާމަކުރުމުންނެވެ. އެރިޕޯޓްގައި ނާޒިމް އާއި ހަވާލާދީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

އަޒްލިފް ރައޫފް އާއި ގުޅޭގޮތުން ނާޒިމް ވިދާޅުވެފައިވަނީ، އޭނާ އަށް އަޒްލިފް އެންމެ ފުރަތަމަ ފެނިފައިވަނީ ރައީސް ޔާމީންގެ އޮފީހުން 2007 ވަނަ އަހަރު ކަމަށެވެ. ރައީސް ޔާމީންގެ އެޕޮއިންޓްމެންޓްތައް އޭރު ހަމަޖައްސަނީ އޭނާ ކަމަށާއި، އެހެން ނަމަވެސް އަޒްލިފް ރައީސް ޔާމީންގެ އޮފީހަށް އައިސް އުޅުނީ އޭގެ ބޭރުންކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.

"އެެނގިފައިވާ ގޮތުން، ޔާމީންގެ އޮފީހަށް އަޒްލިފް އައިސް އުޅެނީ، ފެމިލީ ކަނެކްޝަންއަކާ ގުޅިގެންނެވެ. އެއީ، ޔާމީންގެ ކޮއްކޯފުޅު ބުންޔާމީންގެ އަންހެނުންނާއި އަޒްލިފް ގެ އަންހެނުންނަކީ ދެބެންނެވެ." ރިޕޯޓްގައި ނާޒިމާއި ހަވާލާދީ ބަޔާންކޮށްފައިވެ އެވެ.

އަޒްލިފް ރައޫފުގެ އިތުރުންވެސް ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައީސް ޔާމިނާއި ބައްދަލުކުރައްވާ ކަމަށް ނާޒިމް އާއި ހަވާލާދީ ރިޕޯޓްގައި ވެއެވެ. އެގޮތުން 2015 ވަނަ އަހަރު ސެޕްޓެމްބަރުގައި ލަންކާގައި މަރާލާފައި އެއްލާލާފައި އޮށްވާ ފެނުނު ހުސެއިން ރަޒީން (ރަބަރޭ) ވެސް ރައީސް ޔާމީނާއި ބައްދަލުކުރުމަށް އައިތަން ދުށްކަމަށް ނާޒިމް އާއި ހަވާލާދީ ރިޕޯޓްގައި ލިޔެފައިވެ އެވެ.

އަޒްލިފްވެސް ޔާމީންއާ ބައްދަލުކުރުމަށް ދޭތެރެ ދޭތެރެއިން އަންނަކަމަށާއި، އަދި އަންނަނީ ލާރި ހޯދުމަށް ކަމަށް ނާޒިމް އާއި ހަވާލާދީ ރިޕޯޓްގައި ވެއެވެ.

" އެއީ، ކޮން ނެޓްވޯކެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ވަރަށް ގިނަ ވަގުތު ޔާމީންއާއެކު ހޭދަކުރަމެވެ." ނާޒިމް އާއި ހަވާލާދީ ރިޕޯޓްގައި ވެއެވެ.

ނާޒިމް ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމްގެ މަރާއި ގުޅޭ އެއްވެސް ވާހަކަ އެއް ރައީސް ޔާމީން ދައްކަވާފައި ނުވާކަމަށެވެ.

" އަދި ޑރ. އަފްރާޝީ މް އަވަހާރަކޮށްލެވުނީ، ބާރު ހޯއް ދަ ވަން އުޅުއްވާތީއޭ ނުވަތަ ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވާތީއޭ ބުނެ އެ ދެކެވޭ ވާހަކައަކީ ހަޤީޤަތެއް ކަމަކަށް ނުފެނެއެވެ. އެއީ، ޑރ.އަފްރާޝީމް ބާރު ހޯއްދަވަން އުޅުއްވި ކަމެއް ނުވަތަ ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވިކަމެއް ފާހަގަކުރެވިފައި ނުވާތީއެވެ. އަދި، ޑރ.އަފްރާޝީމް އާއި މައުމޫންއާ ދެމެދު އޮންނަ ކަމަށް ބުނާ ގުޅުމަކީ، ދަރިވަރަކާއި އުސްތާޒަކާ ދެމެދު އޮތް ގުޅުމެއްކަން ފާހަގަކުރެވެއެވެ. އަދި، ޑރ.އަފްރާޝީމް އާއި މައުމޫންއާ ދެމެދު އޮންނަ ކަމަށް ބުނާ ގުޅުމަކީ، ދަރިވަރަކާއި އުސްތާޒަކާ ދެމެދު އޮތް ގުޅުމެއްކަން ފާހަގަކުރެވެއެވެ." ކޮމިޝަންގެ ރިޕޯޓްގައި ނާޒިމް އާއި ހަވާލާދީ ލިޔެފައިވެއެވެ.

އަދި ޑރ. އަފްރާޝީމް އަލީ އާއި ރައީސް ޔާމީނާއި ދެބޭފުޅުން ސަމާސާ ކުރައްވައި އެކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްގައި ނާޒިމާއި ހަވާލާދީ ބުނެފައިވެ އެވެ.
ހިޔާލު