Afrasheem ge marakee siyaasee kamekey bunee eyru libunu mauloomaathah riaayaikoh: Riyaaz
image
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

އަފްރާޝީމްގެ މަރަކީ ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތަށް ރިއާޔަތްކޮށް: ރިޔާޒް

ޑރ. އަފްރާޝިމް އަލީ ރަހުމު ކުޑަގޮތަށް އަވަހާރަ ކޮށްލި މައްސަލައިގެ ފަހަތުގައި ސިޔާސީ ބަޔަކު ތިބިކަމަށް އޭރު ބުނީ ލިބިފައި ހުރި މައުލޫމާތު ތަކަށް ބިނާކޮށް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާ ހިނގިއިރު، އަބްދުﷲ ރިޔާޒް ހުންނެވީ ކޮމިޝަނާރ އޮފް ޕޮލިސްގެ މަޤާމުގަ އެވެ. އެ މައްސަލަ އާއި ގުޅިގެން މީޑިއާ އާއި އާންމުންނަށް މައުލޫމާތު ދެއްވަމުން، 04 ޑިސެމްބަރު 2012 ގައި އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ފަހަތުގައި ތިބީ ސިޔާސީ ބައެއް ކަމަށެވެ. އަދި އެކަމަށް 4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ބެލި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފައިވަނީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ސިޔާސީ ބައެއްގެ އަތެއް ނުވާކަމަށެވެ.

މިއާއި އެކު، ގިނަ ފަރާތްތަކަކުން އަންނަނީ، އޭރުގެ ސީޕީ އަކަށް ހުންނަވާ ރިޔާޒް ދެއްކެވި ވާހަކަތަކާއި މެދު ސުވާލު އުފައްދަމުން ނެވެ.

އެމައްސަލައިގައި ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، އެމައްސަލައިގައި އޭރު މީޑިއާ އަށް ހާމަކޮށްފައިވަނީ، ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ.

"އަޅުގަނޑު ހާމަކޮށްފައިވާނީ ފުލުހުންގެ ތަހުގީގަށް ހުމާމް ދީފައިވާ ބަޔާނުގައި ހުރި ކަންކަމާއި، ފުލުހުންގެ ތަހުގީގަށް ލިބިފައި ހުރި މައުލޫމާތުތައް." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ ފަހަތުގައި ދީނީ ބަޔަކު ވާކަމަށް އެ މައްސަލަ ބެލި ކޮޮމިޝަނުން ބުނެފައިވަނީ، އެބޭފުޅުންނަށް އެޔަށްވުރެއް ވަރުގަދަ މައުލޫމާތުތަކެއް ލިބުމުންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އަފްރާޝީމް ގެ މަރުގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓް އާންމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ވަނީ ފުލުހުންނަށް ހުމާމް ދީފައިވާ ބަޔާން ވެސް ހިމަނާފަ އެވެ. އަދި އެބަޔާނުގައި ހުމާމް ބުނެފަައިވަނީ، އަފްރާޝީމް މަރާލުމަށް 4 މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

މަރުތައް ބެލުމަށް އުފެއްދި ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައިވަނީ، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ފަހަތުގައި ސިޔާސީ ބައެއްގެ އަތް ނުވާކަމަށެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވަނީ ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ކަމަށް ގަބޫލުކުރެވޭކަމަށެވެ. އަދި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ މި ޖަމާއަތް ހިންގުމުގައި އިސްވެތިބެނީ މާލޭ ދަފްތަރު ނަންބަރު 471 މުޙައްމަދު މަޒީދު އާއި ތ. އޮމަދޫ، އަތިރީގެ، ޞާމިތު މުޙައްމަދު ކަމަސްވެސް ކޮމިޝަންގެ ރިޕޯޓްގައި ހާމަކޮށްފައިވެ އެވެ.
ހިޔާލު

އައްޔާ

މި ހާދަ ގޮތެއް ވެސް ނެތް މީހެކޭދޯ

ކަދުރޭ22

ރިޕޯރޓް ގަބޫލެއްނުކުރެވޭ.

ތަރުބީނާ

އަފްރާޝީމް މަރުގައި އެއްމެ ނުބައި ރޯލެއް ކުޅުނީ މީނަ..އެކިގޮތްގޮތައް ވާހަކަ ބަދަލުކޮށް އެކިމީހުންގެ ބޮލަށް ކަނޑާލީ..ކޮންމެ ރިޔާސީ އިންތިހާބަކަށް ޓީވީތަކަށް އަރައި އޭނަ އޭރަކުހުރި ސިޔާސީ ފިކުރަށް ބުރަވާގޮތައް މަރުގެ ކަންކަން އަނބުރަމުން ދިޔައީ...މިކަހަލަ ބައެއްގެ ސަބަބުން މަރުގެ އަޑީގައި ތިބިމީހުން ހޯދަން ހުރަސް އެޅުނީ..