Diving ah dhiya hiya masveriehge haalu serious
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ޑައިވިނަށް ދިޔަ މަސްވެރިއެއްގެ ހާލު ސީރިއަސް

ޑައިވިނަށް ދިޔަ މަސްވެރިއެއްގެ ހާލު ސީރިއަސްވެއްޖެ ކަމަށް ދިވެހި މަސްވެރިން ބުނެފިއެވެ.
ދިވެހި މަސްވެރިން ބުނީ ހާލު ސީރިއަސް ވެފައިވަނީ ގދ. ގައްދޫ އަޒުން ދޯނިން ހޯމަ ދުވަހު ހަވީރު ޑައިވިން އަށް ފީނީ މީހެއްކަމަށެވެ.

އެމީހާއަށް ފަރުވާދެމުން އަންނަނީ ތިނަދޫ ހޮސްޕިޓަލުގައެވެ.

އޭނާއަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް، ސިފައިންގެ ހެލިކޮޕްޓަރު ރޭގަނޑު ދަތުރު ނުކުރާނީ އިތުރު ފަރުވާއަށް މާލެ ސަރަހައްދަށް ނުގެނެވިފައިވާކަަމަށްވެސް މަސްވެރިން ބުނެއެވެ.

"އައްޑޫގައި ހުރި ޗެންބަރު ހަލާކުވެފައި ހުރުމުން އޭނާ ގެންދަން ޖެހެނީ ބަނޑޮސް އައިލެންޑު ރިސޯޓުގައި ހުރި ޗެންްބަރަށް،" މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

މި ކަމުގައި ސިފައިންގެ ބަހެއް އަދި ނުލިބެއެވެ.

ހިޔާލު