MRM inn Raees Solih aa bahdhalu kuravvaifi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އެމްއާރްއެމް އިން ރައީސް ސޯލިހް އާއި ބައްދަލުކުރައްވައިފި

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުައްހަމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ.
އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހާއި ބައްދަލުކުރައްވާފައި ވާއިރު ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމަކީ ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން އެކަމުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލު ވުމެއް ކަމަށެވެ.

އަދި މި ބައްދަލުވުމުގައި އެމްއާރްއެމްގެ ފުރިހަމަ އެއްބާރުލުން ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ.އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން، ހައުސިން މިނިސްޓާރ އައިމިނަތް އާތިފާ އަދި އެމްއާރްއެމް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އާމިނަތް ނާދިރާ އާއި އަބްދުލް އަލީމެވެ.
ހިޔާލު