Deco vi dhe meehun ithuru faruvaaah mirey male gennaanan: Sifain
image
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ޑީކޯވި ދެ މީހުން އިތުރު ފަރުވާއަށް މިރޭ މާލެ ގެންނާނަން: ސިފައިން

ޑީކޯވި ދެ މަސްވެރިން ހޯމަ ދުވަހުގެ ދަންވަރު މާލެ ގެންނަނެކަމަށް ސިފައިން ބުނެފިއެވެ.
ސިފައިން މިހެން ބުނީބ ޑައިވިނަށް ދިޔަ މަސްވެރިއެއްގެ ހާލު ސީރިއަސްވެއްޖެ ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެފައިވަނިކޮށެވެ. އަދި އޭނާއަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް، ސިފައިންގެ ހެލިކޮޕްޓަރު ރޭގަނޑު ދަތުރު ނުކުރާނީ އިތުރު ފަރުވާއަށް މާލެ ސަރަހައްދަށް ނުގެނެވިފައިވާކަަމަށްވެސް މަސްވެރިން ބުނެފައިވެއެވެ.

ނަަމަވެސް ސިފައިން މިރޭ ބުނީ، ޑރ. އަބްދުއް ސަމަދު ހޮސްޕިޓަލުގައި ޑީކޯ ވެގެން ފަރުވާދިނުމަށް 2 ދިވެއްސެއް ހެލިކޮޕްޓަރުގައި މާލެ ގެންނާނެކަމަށެވެ.

އެއީ އުމުރުް 27 އަހަރުގެ މީހަކާއި، އުމުރުން 39 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ސިފައިން ބުނެއެވެ. އަދި އެމީހުން ގޮވައިން އަންނަ ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މިރޭ 1:45 ގައި ކަމަށް ވެސް ސިފައިން ބުނެއެވެ.

ހިޔާލު

ހިޔާލު

މި ކަމެއް ވެއްޖެ ތަ ނޫނި ނުވޭތަ.