Raees Gotabaya ge sarukaaru ekulavaalan fashaifi
image
ސްރީލަންކާގެ އާ ރައީސް ގޮޓަބޭ ރާޖަޕަކްސަ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި-- ފޮޓޯ: އަދާދެރަނަ
0 ކޮމެންޓް
 

ރައީސް ގޮޓަބޭގެ ސަރުކާރު އެކުލަވާލަން ފަށައިފި

ސްރީލަންކާގެ އާ ރައީސް ގޮޓަބޭ ރާޖަޕަކްސަ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން، އާ ސަރުކާރު އެކުލަވާލަން ފަށައިފި އެވެ.
ރިޔާސީ އޮފީސްކޮޅުގައި އޮތް ހާއްސަ ރައްމިއްޔާތަކަށް ފަހު މަގާމުގެ މަސްއޫލިއްޔަތާ ގޮޓަބޭ ހަވާލުވެވަޑައިގެންފައި ވާއިރު، އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާއިރު، ފިނޭންސް އަދި ޓްރެޝަރީ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ކުރީގެ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އެސް އާރް އެޓީގަލލޭ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ މެޖާ ޖެނެރަލް ރިޓަޔާޑް ކަމާލް ގުނަރަތްނެ އެވެ. އަދި ރައީސްގެ ހާއްސަ ސެކެޓްރީގެ މަގާމަށް އައްޔަނު ކުރެއްވީ ޑރ. ޕީބީ ޖަޔަސުންދަރަ އެވެ.

އޭގެ އިތުރުން ވެސް ކެބިނެޓުގެ އިތުރު މަގާމުތަކަށް މިއަދު އެކި ބޭފުޅުން އައްޔަނު ކުރައްވާނެ އެވެ. ގޮޓަބޭ ރައީސްކަމުގެ ހުވާ ކުރެއްވީ އިއްޔެ އަނޫރާދަޕޫރާގަ އެވެ.

އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ގޮޓަބޭ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 6.9 މިލިއަން ވޯޓާއެކު 52.25 އިންސައްތައިންނެވެ.

ގޮޓަބޭއާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ސަޖީތު ޕްރޭމަދާސަ އަށް ލިބިވަޑައިގެންނެވީ 41.99 އިންސައްތަ އެވެ. އެއީ 5.5 މިލިއަން ވޯޓެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޮޓަބޭ އަކީ ލަންކާ ހަނގުރާމައިގެ ދުވަސްވަރު އަސްކަރީ އިސްވެރިއެކެވެ. އަދި އޭރު ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
ހިޔާލު