Pulkit aa rahtehi vegen ulhey kamah Kriti ehbas vejje
image
ކްރިތީ އާއި ޕުލްކިތު--
0 ކޮމެންޓް
 

ޕުލްކިތުއާ ރައްޓެހިވެގެން އުޅޭ ކަމަށް ކްރިތީ އެއްބަސްވެއްޖެ

ބޮލީވުޑުގެ އެކްޓަރު ޕުލްކިތު ސަމްރާޓު އާ ރައްޓެހިވެގެން އުޅޭ ކަމަށް އެކްޓަރެސް ކްރިތީ ހަރްބަންޑާ އެއްބަސްވެއްޖެ އެވެ.
މީގެ ކުރިން ކްރިތީ އާއި ޕުލްކިތު އާ ރައްޓެހިވެގެން އުޅޭ ކަމަށް ވަނީ އަޑުތައް އަރާފަ އެވެ. ނަމަވެސް އޭރު އެކަމާ ގުޅިގެން ދެ ފަންނާނުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްރިތީ ވަނީ ފުލްކިތު އާ ދެމީހުން ރައްޓެހިވެގެން އުޅޭ ހަބަރަކީ ތެދު ހަބަރެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ބޭނުންވީ ދުނިޔެއަށް އެ ދެމީހުންގެ ގުޅުން އެނގުމުގެ ކުރިން މައިންބަފައިން ކައިރި އެ ވާހަކަ ބުނަން ކަމަށެވެ.

އުމުރުން 31 އަހަރުގެ ކްރިތީ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ހައުސްފުލް 4" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕާގަލްޕަންތީ" އިންނެވެ.

އުމުރުން 35 އަހަރުގެ ޕުލްކިތު އެންމެ ފަހުން ފެނިގެން ދިޔައީ "ވީރޭ ކީ ވެޑިން" އިންނެވެ. އޭނާ ވެސް ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕާގަލްޕަންތީ" އިންނެވެ. "ވީރޭ ކީ ވެޑިން" ގައި ޕުލްކިތާއެކު ކްރިތީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ހިޔާލު