Budget aki uhmeedhee budget eh : Member Hussain Mohamedh
image
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ބަޖެޓަކީ އުންމީދީ ބަޖެޓެއް: މެމްބަރު ހުސެއިން މުހައްމަދު

އަންނަ އަހަރަށް ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ 10.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއެކު ފުވައްމުލަކު ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓަަށް ވުރެ 3 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓަކާއެކު މަސައްކަތް ކުރައްވާނީ ފުވައްމުލަކުގެ ތަރައްގީއަށް އިތުރު ކުރިއެރުން ހޯދައިދެއްވު ކަމަށް ހުސެއިން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ ފުވައްމުލަކުގެ މަގުތަކުގެ މަޝްރޫޢުތަކާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ފަދަ ބަޖެޓަކަށް އަންނަ އަހަރުގެ ބަޖެޓް ވެގެންދާތީ އުފާ ކުރައްވާ ކަމަށެވެ.

ނަމަވެސް ޔޫތު މިނިސްޓްރީން ކަނޑައެޅިފައިވާ ބަޖެޓާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި އުންމީދަކީ އެ މައްސަލައަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ލިބިގެންދިޔުން ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ހޮސްޕިޓަލަށް ކަނޑައެޅިފައިވާ ބަޖެޓާއި ދޭތެރޭ މެމްބަރުގެ ހައިސިއްޔަތުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ބަޖެޓް ފާސްވެގެންދާ އިރު އެކަންތައްތަކަށް އިތުރު ފާއިސާ ލިބިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް މެމްބަރު ހުސެއިން ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒާއި ހާފިޒް އަހުމަދު ސްކޫލުގެ އިތުރުން ފުވައްމުލަކު ސްކޫލް އަދި އެމްޖޭއެސް ސްކޫލަށް ބޭނުންވާ ކަންތައްތައް ބެލުމަށްފަހު އެކަންތައް ފަހި ކޮށްދިނުމަށްޓަކައި ބަޖެޓުގައި ހިމަނާފައިވާނޭ ކަމަށެވެ.

އެހެންކަމުން ޖުމްލަކޮށް ފުވައްމުލަކު ރައްޔިތުން އުންމީދު ކުރާފަދަ ބަޖެޓަކަށް އަންނަނަ އަހަރުގެ ބަޖެޓް ވެގެންދާނޭ ކަމުގެ ޔަގީންކަން ފުވައްމުލަކު ރައްޔިތުންނަށް މެދު ދާއިރާގެ މެމްބަރު ވަނީ ދެއްވާފައެވެ.
ހިޔާލު