Kylie ge cosmetics kunfuni vikkaalan ninmaifi
image
0 ކޮމެންޓް
 

ކައިލީގެ ކޮސްމެޓިކްސް ކުންފުނި ވިއްކާލަން ނިންމައިފި

މަޝްހޫރު ސެލެބްރިޓީ ކައިލީ ޖެނާގެ ކޮސްމެޓިކްސް ކުންފުނި 600 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.
އުމުރުން 22 އަހަރުގެ ކައިލީގެ "ކައިލީ ކޮސްމެޓިކްސް" އަދި "ކައިލީ ސްކިން" ގެ ބޮޑު އިންސައްތައެއް ދެން އޮންނާނީ "ކޯޓީ" ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކައިލީ ބޭނުން ވަނީ އެ ކޮސްމެޓިކްސް ކުންފުންޏަކީ ބައިނަލްއަގްވާމީ ގޮތުން ބާރުގަދަ ކުންފުންޏަކަށް ހެދުމަށެވެ.

އެ ކުންފުނިން އޭނާއަށް 2018 ވަނަ އަހަރު އެކަނިވެސް 360 މިލިއަން ޑޮލަރު ލިބުނެވެ. ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރު ވެސް މެއެވެ.

ކައިލީގެ ކުންފުނި 2015 ވަނަ އަހަރު އުފެއްދީ ލިޕްސްޓިކް ވިއްކުމަށެވެ. އެއަށްފަހު މޭކަޕާއި ހަމާ ގުޅުން ހުރި އުފެއްދުންތަކެއް މިހާރު ދަނީ ވިއްކަމުންނެވެ.

ކުންފުނި ވިއްކާލުމުން 51 އިންސައްތަ ހިއްސާ އޮންނާނީ ކޯޓީ އަށެވެ. އެއީ މެކްސް ފެކްޓާ އަދި ހިއުގޯ ބޮސް ފަދަ ބްރޭންޑްުތައް މެނޭޖު ކުރާ ކުންފުންޏެވެ.
ކައިލީ ޖެނާ
ހިޔާލު