Avas inthikhaabakah govaalaa majileehah garareh hushahalhaifi
image
އަބްދުﷲ ޖާބިރު --
0 ކޮމެންޓް
 

އަވަސް އިންތިހާބަކަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ދެހާސް އަށާރަވަނަ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބެއް ކަމަށްބުނެ އަވަސް އިންތިހާބެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅައިފިއެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ މަގާމަށް އިންތިހާބުވީވެސް ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ކަމަށާއި ރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިހާބަކީ އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބަކަށް ވެސް ވާންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ގަރާރުގައި ވަނީ އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.

މީގެކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައިވާ ޖާބިރު މިފަހަކަށް އައިސް ރައީސް ސޯލިހަށް އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ވަކިން ހާއްސަކޮށް އެމަނިކުފާނު ހިޔާނާތްވެވަޑައިގެންފައިވާ ކަމަށްވެސް ޖާބިރު އަންނަނީ އެތައް ފަހަރަކު މަޖިލިސް ޖަލްސާތަކުގައި ވިދާޅުވަމުންނެވެ.
ހިޔާލު