Kudakudhinge haqquthakaa gulhey 2 qaanooneh Raees thasdheegu kurahvaifi
image
ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ދެ ގާނޫނެއް ރައީސް ތަސްދީގު ކުރައްވައިފި

ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ދެ ގާނޫނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
އެގޮތުން ރައީސް މިއަދު ތަސްދީގު ކުރައްވާފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ "ޗައިލްޑް ޕްރޮޓެކްޝަން އެކްޓް"ގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ގާނޫނު ކަމުގައިވާ "ޖުވެނައިލް ޖަސްޓިސް އެކްޓް" އެވެ.

ރައީސް ސޯލިހް މި ދެ ގާނޫނު ތަސްދީގުކުރައްވާފައިވާ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދެ މިލިއަނެއްހާ ކުޑަކުދިން ކޮންމެ އަހަރަކު އެކި ކަހަލަ އަނިޔާތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގު ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު