Dhiraasee aharu nimigen dhiyaee amaazah vaasil vegen: Minister
image
މިނިސްޓަރު އައިސަތު އަލީ --- ފޮޓޯ:އަވަސް އޮންލައިން
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ދިރާސީ އަހަރު ނިމިގެން ދިޔައީ އަމާޒަށް ވާސިލްވެގެން: މިނިސްޓަރު

ދިރާސީ އަހަރު ނިމިގެންދިޔައީ ތައުލީމީ ދާއިރާގައި ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލްވެގެން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ދިރާސީ އަހަރު މިއަދު ނިންމާލުމުގެ ގޮތުން ނެރުއްވި ހިޠާބެއްގަ އެވެ.

މިނިސްޓަރުގެ މެސެޖުގައި ދިރާސީ އަހަރު ނިމިގެން ދިޔައީ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާ އެއްގޮތަށް ހާސިލްކުރަންޖެހޭ އެންމެހާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލުކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ހުރިހާ ސުކޫލެއްގައި ތަންފީޒުކުރެވި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އައިސްފައިވާ ހެޔޮބަދަލު ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ތައުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒުކުރެވި އޭގެ ހެޔޮ ބަދަލު ސުކޫލް މާހައުލުން ފެންނަން ފަށައިފި ކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވާ ދިނުމުގެ ސިޔާސަތުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތައް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ފާހަގަކުރެވޭ ފަދަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ސުކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސުކޫލެއްގައި ހިންގުނު "ސިންގަލް ސެޝަން ސުކޫލް” ޕައިލޮޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވި، އޭގެ ނަތީޖާއާ ހަމައަށް އާދެވިފައިވެ އެވެ." ހިޠާބުގައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ އާ މަންހަޖަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް “ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް"އެއް ބޭއްވި އޭގެ އަލީގައި މުގައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން ސުކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރެވުނު އަހަރަކީ މިހިނގާ އަހަރު ކަމަށާއި މުވައްޒަފުންގެ އިލްމީ ގާބިލްކަން އިތުރުކޮށް ފަންނީ ހުނަރު ތަރައްގީކުރުމަށް ގިނަ ޕްރޮގްރާމްތަކެއް މިއަހަރު ތެރޭގައި ހިންގާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު