Thuthi boavadhila mas baanan beynunvaa saamaanu instalment ah dhookuran fashaifi
image
ތުތިބޯވަދިލަމަހެއް
0 ކޮމެންޓް
 

ތުތިބޯވަދިލަމަސް ބާނަން ބޭނުންވާ ސާމާނު އިންސްޓޯލްމަންޓަށް ދޫކުރަން ފަށައިިފި

ތުތިބޯވަދިލަމަސް ބާނަން ބޭނުންވާ ސާމާނު އިންސްޓޯލްމަންޓަށް ދޫކުރުމުގެ ޕްރޮގްރާމު ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިޕްރޮގްރާމުގެ ދަށުން ކޮންމެ މީހަކަށް ވެސް ދެ ސެޓް ލިބޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މީގެކުރިންވެސް މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާއިރު މިއީ މިޕްރޮގްރާމު ކުރިއަށް ގެންދާ ހަވަނަ ފަހަރެވެ.

ތުތި ބޯވަދިލަމަސް ބާނަން ބޭނުންވާ ތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް މިފުރުސަތު ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ތުތި ބޯވަދިލަމަސް ބާނަން ބޭނުންވާ ސާމާނު އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމާއި އުސޫލު، އެމިނިސްޓްރީން ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ފޯމް ފުރުމަށްފަހު ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ހަތް ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ދީފަ އެވެ.

ތުތި ބޯވަދިލަމަސް ނުވަަތަ ޑައިމަންޑް ބެކް ސްކުއިޑަކީ މާކަނޑުގެ ފުން ސަރަހައްދުގައި އުޅޭ ބޯވަދިލަމަހެކެވެ. މިއީ ފެންމަތިން ފެންނަ ބޯވަދިލަ މަހަށް ވުރެ ބޮޑު ބޯވަދިލަ މަހެކެވެ.
ހިޔާލު