Kudhi adhi medhufantheege viyafaarithakah hin dhemilaan furusathu dheynjehey
image
0 ކޮމެންޓް
 

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިން ދެމިލާން ފުރުސަތު ދޭންޖެހޭ"

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކުން ހިންދެމިލުމަށް އިޤްސާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ފުރުސަތުތައް ދޭންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރަން ފަށާފައިވާ ލޯނުތަކާއެކު ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތައް އިތުރުވެ އިޤްތިސާދަށް އޭގެ ހެޔޮ އަސަރު ކުރިއަށްކުރާތަން ފެނިގެންދާނެކަމަށެވެ.

"(އެސްއެމްއީބޭންކް) މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެދިފައި އެބަ އޮތް. އޭގެ އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ އެ ބޭންކުން ދިނުމަށް ނިންމައި ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކޮށްފައި. މިއިން އެނގެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ހަގީގަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން،" ރައީސް ވިދާޅުވިއެވެ.

ފަންނު އެކްސްޕޯ އާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެފަދަ މައުރަޒުތަކުގެ ސަބަބުން އުފެދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެހެންމެ އުފެއްދުންތެރި ޒުވާންނަށް ހަމަ އަގު ހޯދަދިނުމަކީ އެ މައުރަޒުގެ މަގުސަދު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް
ހިޔާލު