DRP ge SG akah Jabir ge dhari kanbalun Aminath Jabir
image
ޑީއާރްޕީގެ އެސްޖީއަކަށް ހަމަޖެއްސެި ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު (ކ) އަދި އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު (ވ) --
0 ކޮމެންޓް
 

ޑީއާރްޕީގެ އެސްޖީއަކަށް ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.
ޑީއާރްޕީން ބުނީ އެ މަގާމަށް އެކަމަނާ ހަމަޖެއްސެވީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ޑީއާރްޕީގެ އެސްޖީގެ މަގާމުގައި މީގެކުރިން ހުންނެވީ ނަހުލާ އަލީއެވެ. އޭނާ ވަނީ އެޕާޓީން ވަކިވެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ.

ޑީއާރްޕީން ވަނީ ދާދިފަހުން އެޕާޓީގެ ބައެއް މަގާމުތަކަށް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޕާޓީގެ ނާއިބު ލީޑަރުގެ މަގާމަށް ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހިމް ޝިހާމް ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފު ވެސް ވަނީ ދާދިފަހުން ހަމަޖައްސާފައެވެ.

ދެހާސް ފަސްވަނަ އަހަރު އުފެއްދި ޑީއާރްޕީއަކީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޖާބިރު އެޕާޓީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގަތީ މިއަހަރުގެ ތެރޭގައެވެ.
ހިޔާލު