Itb fair gai raajjeyge stand farumaakohdheyne faraatheh hoadhan iulaankohfi
image
ބަރލިންގ ގައި ކުރިއަށްދިޔަ އައިޓީބީ ފެއަރގެ ތެރެއިން
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިއުލާންކޮށްފިއެވެ.
މިކަން ހާމަކޮށް އެމްއެމްޕީއާރްސީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2020، 2021 އަދި 2022 ވަނަ އަހަރަށް އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކުރުމަށް ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި މިއަހަރުގެ އައިޓިބީ ފެއަރ ބޭއްވީ ރާއްޖޭގެ 105 ކުންފުންޏަކުން 265 މީހުން ބައިވެރިވެރިވެގެންނެވެ.

މިއަހަރުގެ އައިޓީބީ ފެއަރގައި ވެސް ރާއްޖޭގެ ސްޓޭންޑް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައިވާއިރު ސްޓޭންޑުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވަކި ކައުންޓަރެއް، ރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ބޮޑުބެރުގެ ލަވަތަކާއެކު ދިވެހިންގެ ނެށުންތައް ދައްކާލުމަށް ވަކި ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

އަދި ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ސާމާނު ވެސް ޑިސްޕްލޭ ކޮށްފައިވެއެވެ. ސްޓޭންޑްގައި ދެން ހުރީ ކުންފުނިތަކަށް ދޫކޮށްފައިވާ ކައުންޓަރުތަކެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކުގެ އިތުރުން ގިނަ ރިސޯޓުތަކުން ވަނީ ފެއަރގައި ބައިވެރިވެފައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ އައިޓީބީ ފެއަރއަށް ބޮޑެތި ތަރުހީބުތަކެއް އަހަރަކަށްވުރެ އަހަރެއްގައި އިތުވަމުންދާކަން ފާހަގަވެއެވެ. މިފަދަ ފެއަރ އެއްގެ މައިގަނޑު މަގްސަދަކީ ދިވެހި ރާޢްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގެ ސަގާފަތް ބޭރުގެ ބޮޑެތި ގައުމުތަކަށް އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ހިޔާލު