SAARC chess championship ga baiverivumah Dhivehi team furaifi
image
ދިވެހި ޗެސް ޓީމު-- ފޮޓޯ: ޗެސް އެސޯސިއޭޝަން
0 ކޮމެންޓް
 

ސާކް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ދިވެހި ޓީމު ފުރައިފި

ފުރަތަމަ ސާކް ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޗެސް ޓީމް ބަންގްލަދޭޝަން ފުރައިފި އެވެ.
ބަންގްލަދޭޝްގެ ޑާކާގައި ނޮވެމްބަރު 25 އިން ޑިސެމްބަރު 4 އަށް އަށް ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަ ކުރަނީ އިންޑިޔާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން އަދި ޕާކިސްތާނެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އޯޕަން ޑިވިޝަންގައި މުހައްނަދު ހަސަން އަދި އަންހެން ޑިވިޝަންގައި އާލާ މުހައްމަދު ނައުޝާދެވެ.

ދިވެހި ޗެސް ޓީމް ބަންގްލަދޭޝަން ފުރާފައި ވާއިރު، ނެޝަނަލް ޗެސް އާކޭޑްގައި ޗެސް އެސޯސިއޭޝަން ކަޕް މިހާރު ދަނީ ކުރިއަށެވެ. އެ މުބާރާތުގައި އިންޑިޔާގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ބައިވެރިވި އެވެ.

ނޮވެމްބަރު 21 އިން 30 އަށް ކުރިއަށްދާ އެ މުބާރާތުގައި 52 ފަރާތަކުން ބައިވެރިވެ އެވެ. އެ މުބާރާތަކީ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންގައި ރަޖިސްޓިރީ ވެގެން ކުރިޔަށްދާ ފިޑޭ ރޭޓަޑް މުބާރާތެކެވެ.
ޗެސް ފެޑެރޭޝަން
ހިޔާލު