Olympic size ge swimming pool eh elhumah Male inn binn dheefi
image
ސްވިމިން ޕޫލެއް--
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަށް މާލެއިން ބިން ދީފި

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް މާލޭގައި އެޅުމަށް ބޭނުންވާ ބިން ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، އެ ކަމުގައި އެންމެ ފަހުން ލިބުނު މައުލޫމާތަކީ، ސްވިމިން ޕޫލް ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމެވެ.

ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ، މިހާ ހިސާބަށް އައި އިރު ސްވިމިން ޕޫލުގެ ވާހަކަ އޮތީ ކަރުދާހުގައި އެކަނި ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަށް މާލެއިން ބިން ހުސްކުރެވިފައިވާ ކަމަށެވެ. އަދި އެބިން ޔޫތް މިނިސްޓްރީ އާއި ހަވާލުކުރެވިފަިއިވާ އިރު އެބިން ތަރައްޤި ކުރުމުގެ މަސައްކަތް މިނިސްޓްރީ އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެތަނުގެ މަސައްކަތް ނިމިގެން ދާއިރު، އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލަކާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ ސުވިމިން ޕޫލެއް، އޭގެ އިތުރުން މުބާރާތް ކުރިއަށް ދާއިރު ވޯމްއަޕް އަދި ވޯމްޑައުން ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ ހަތަރު ލޭންގެ ޕޫލެއް އޮންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ސްވިމިން ޕޫލް ތަރައްޤީކޮށް ނިމޭއިރު، ކުޅި ބަލަން މީހުން ތިބޭނޭ ރަނގަޅު ތަނަކާއި އެހެން ވަސީލަތްތައް ވެސް ހިމެނޭ ރަނގަޅު ޕޫލެއް އެޅިގެން ދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ކުރެހުންތައް ނިންމާ ޔޫތް މިނިސްޓްރީ އާއެކު މަޝްވަރާ ކުރެވި ފައިނަލް ކުރެވިފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
ހިޔާލު

ލިބާސް

އެންމެ ރަށެއްގައި ފަތަންދާ ދޮޅަހަކަށްމީހުން ރުއްސަން މިހުރިހާކަމެއް މިކުރަނީ. ކުރިން ބުނީ ޕޫލެއްނެތިގެނޭ މެޑަލް ނުލިބެނީ، ޕޫލެއް އެޅީމަވެސް އަންނަނީ ހުސްއަތާ، އައިސް ބުނަނީ ޕޫލު ތިލަވީމައޭ މެޑަލް ނުލިބެނީ. މިހާރު އަނެއްކާ ދެވަނަ ޕޫލު އަޅަންވީ.

ނަފާ

ކީކުރަންތޯ އޮލިމްޕިކުސައިޒު ޕޫލެއް އަޅަނީ.. އޭރުން ތިތަން ބޭނުން ކުރެވޭނީ އޮލިމްޕިކު ފެތުންތެރީންނައް..މިތަނައް ބޭނުންވަނީ ކުޑަކުދީންނާއި އާއިލާ ގޮވައިގެން އެރިލާނެ ރީތި ރި ސޯޓު ސުޓައިލް ޕޫލްތަކެއް.

ކޮލެޖު ބޯއި

ބިން ހަ ވާލު ކުރެ ވިފަ އެކަމަކު ބިން އޮތްތަނެއް ނޭނގޭ