1.5 billion meehun Tiktok download kohfaivey
image
0 ކޮމެންޓް
 

1.5 ބިލިއަން މީހުން ޓިކްޓޮކް ޑައުންލޯޑު ކޮށްފައިވޭ

ދުނިޔޭގެ އެކި ސަރަހައްދުތަކުން 1.5 ބިލިއަން މީހުން ޓިކްޓޮކް ޑައުންލޯޑު ކޮށްފި އެވެ.
އެނަލީސްޓިކްސް ސައިޓެއް ކަމަށްވާ ސެންސާ ޓަވާ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން މީހުން ޕްލޭ ސްޓޯރް އަދި ގޫގުލް ޕްލޭ އިން، ޓިކްޓޮކް ޑައުންލޯޑުކޮށްފައިވެ އެވެ.

މިއީ ދިޔަ އަހަރާ ބަލާއިރު ހަ އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓިކްޓޮކް އެންމެ ގިނައިން ޑައުންލޯޑު ކޮށްފައިވަނީ އިންޑިއާގަ އެވެ. އެއީ 31 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވަނީ ޗައިނާގަ އެވެ. އެއީ 11.5 އިންސައްތަ އެވެ. އަދި އެމެރިކާ ވަނީ 8.2 އިންސައްތައިން ތިން ވަނަ ގައުމަކަށް ވެފަ އެވެ.

ޓިކްޓޮކްއަކީ މިހާރު ގިނަ ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ އެޕްލިކޭޝަނެކެވެ.

ހާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައި މިއީ ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ.

ރާއްޖޭގައިވެސް ޓިކްޓޮކް ބެނުން ކުރާ މީހުން ވަރަށް ގިނަ އެވެ. އެކަމަށް ބައެއް މީހުން ފާޑުކީ ނަމަވެސް ޓިކްޓޮކް ބަލާ މީހުން ރާއްޖޭގައި ވެސް މަދެއް ނޫނެވެ.
ޓިކް ޓޮކް އިންޑިއާ
ހިޔާލު