Raees Yamin vidhaalhuvi Minikaa baazuthah faalhuvaan fashaifi!
image
އަބްދުﷲ ޔާމީން
8 ކޮމެންޓް
 

ރައީސް ޔާމިން ވިދާޅުވި "މިނިކާ ބާޒުތައް" ފާޅުވާން ފަށައިފި!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ މަޤާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތު ވުމާއި ގުޅިގެންނެވެ.
ޕީޕީއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައީސަކާއި ނުލައި 24 ގަޑި އިރު ހަމަކުރީ އެވެ.

ލީޑާޝިޕަށް ނިސްބަތް ކުރައްވާ ހުކުމް ކުރުމުގެ ކުރިން ބޭއްވި އެއްވުމެއްގައި ރައިސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި "މިނިކާ ބާޒުތައް" މި ވީ 24 ގަޑި އިރުގެ ތެރޭގައި ފާޅުވާން ފެށިކަހަލައެވެ. ރައިސް ޔާމީން ޖަލަށް ވަޑައިގެންނެވިތާ 24 ގަޑި އިރު ވީ އިރު، ކޯޓުކައިރީ ކުރި މުޒާހަރާ ފިޔަވާ، އެކަމަށް އިތުރަށް އަޑު އުފުލިތަނެއް ނުފެނު ނެވެ. ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަ ފިޔަވާ އިތުރު ކަމެއްނެތެވެ. އެ ޕްރެސް އިން ވެސް ފެނުނީ، ކުރިން ޕީޕީއެމް ކުރީ ސަފުން ފެނުނު ފަރާތްތައް ފަހަތައް ޖެއްސާ އާ މޫނުތަކެއް ކުރީސަފުގައި ތިބި ތަނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި، ކުރީ ސަރުކާރުގައި އެކި ކުންފުނިތަކުގެ އެމްޑީކަން ކުރެއްވި ފަރާތްތައް ހިމެނެއެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދު ކުރައްވަން އެބޭފުޅުން ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީން ޖަލަށް ވަޑައިގަތުގެ ކުރިން ބުދަ ދުވަހުގެ ރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި އެކު ޕީޕީއެމްގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ގެއްލުނީއެވެ.

ރައީސް ޔާމީން ޕާޓީގެ ލީޑާޝިޕްގައި ނެތި 24 ގަޑި އިރު ވީއިރު، އެމަނިކުފާނުގެ ދިފާއުގައި ކުރެއްވި ޓްވީޓްތައް އެހާމެ މަދެވެ. އިދިކޮޅު ސިޔާސީ ޕާޓީއަކުން ފެންނަޖެހޭ ސިފަތަކެއް ހަމަ އެއްވެސް ގޮތަކަށް ނުފެނެއެވެ. އެބޭފުޅުންގެ ލީޑަރު، އެބޭފުޅުން ވިދާޅުވާ ތަރައްޤީގެ ބާނީ ޖަލުގައި 24 ގަޑި އިރު ހޭދަކުރި އިރު، ޕީޕީއެމް ފެންނަނީ ވަރަށް ވަޅޯކޮށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މަޖިލީހުގައި މެޖޯރިޓީ އޮވެގެން އެބޭފުޅުން ޤާނޫނުތަކަށް އިސްލާހު ގެނައެވެ. އޭގެ ތެރޭގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު އަދިވެސް އޮތީ އެގޮތަށެވެ. އެ އިސްލާހުގެ ދަށުން ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި، ސިޔާސީ ޕާޓީއެއް ނުވަތަ ޖަމިއްޔާއެއްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ އެހެން މަސްއޫލުވެރި ފަރާތެއްގެ ގޮތުން ނުވަތަ އެތަންތަނުން ހިންގާ ހަރަކާތެއްގައި ބައިވެރިވުމުގެ ހައްގު ޖަލު ބަންދުގައި ހުންނަ މީހަކަށް ނުލިބެއެވެ.

އަނިޔާވެރިކަމުގެ ރަހަ އަމިއްލަ ކަރުގައި ލީއެވެ. ތިމާ ފޭހި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީއެވެ.

އެމަނިކުފާނު ޖަލަށް ވަޑައިގަތުގެމުގެ ކުރިން ޕީޕީއެމްގެ ހަރަކާތްތަކުން ނުފުނު އެތައް 'މިނިކާ ބާޒެއް' ފާޅުވެ އަންނަނީ ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވަމުންނެވެ.
ހިޔާލު

މޫސަ

ނޫސްވެރިން މިނެ މިރުމަކި އެ އިރަކު ލިބެން އޮންނަ ކޮޅަކަށް ދުއްވައިގަތުން ދޯ؟ މީ ނޫސްވެރިންގެ ހާލަތު. ބަޔަކަށް ކަމެއް ސާފުކޮށްދިނުމުގެ ބަދަލަުގައި މި އޮތީ އަނެކާ އަށް ބަވާލާފާ ދޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

ސަރަހަ

ރީކޯ މޫސާ މިއޮތީ ރަގަޅު ޗާންސެއް ލިބިފަ. ދަނޑިވަޅުގެ ބޭނުން ކުރޭ އަވަހަށް،

ހޯރަ

މައިބާޒުު ފުޅައްބުޑައް ވެއްޓުނީމާ ކުދިބާޒުތައް ފިޔަ ބިދިއްޖެ ! ދެން ކިޔަާނީ އެލޯވަޅޭ މިލޯވަޅޭ

ކަހުރަބު

ތިތަނުން ފާޅުވި ބާޒެއްގެ ނަންވެސްނެތީތޭ

No name entered

ޙބބަ

ހައްޖަ

ޢެކްސެލަންޓް އާރޓިކަލް

ސހސއ

ތިމާ ފޭހުނު އިލޮށިގަނޑެއް ނޫން އެއީކީ. އެއީ ކެނެރީގޭ ނަޝީދުއާ މިވެރިކަމުގަ ބޮޑުންނަށް ތިބި މީހުން ދިން އަނިޔާއެއް. ލާރިގަނޑު ނެގި އެހެންމީހުނަށް ދައުވާ ނުކުރެވެންވީ ކޮން ސަބަބެެއް އޮވެގެން. ރައީސް ޔާމީން ޖަލަށް ލީމަ އެކަމުގަ އުފަލުގަ ބޮނޑިބަތް ކާނީވެސް ދެރަދޭން އުޅުނު ބޮޑުންގެ ކަންތައް ހާސިލްވެގެނެއްނު. މިނޫން ދުވަހެއް އޮތްކަން ނޭންގެނީތަ.

ކިޔުން ތެރިޔާ

ޢަދި މި ރިޕޯޓު ނެރެންވެސް އަވަސް ދޯ. 24 ގަޑި އިރުތެރޭ ކަމެއް ނުވެވެސް ދާނެ. ހިތާމަކުރަންވެސް ވަގުތުކޮޅެއް ބޭނުންވާނެ. ފަހުން މާ ބާރުގަދަކޮށްވެސް ފެނިދާނެ. ވިސްނާލަން ފުރުސަތު ނަގާނެ. އަވަސް އަރުވާގެން ކަންކުރުން ރަނގަޅެއް ނުވާނެ. ފަހުން ނަގާ ރާޅު މާ ބޮޑުވެސް ވެދާނެ.