Rape koh ehlaalaafai oiy anhenaku anehkaa ves fenijje
image
0 ކޮމެންޓް
 

ރޭޕްކޮށް އެއްލާލާފައި އޮތް އަންހެނަކު އަނެއްކާވެސް ފެނިއްޖެ

އިންޑިއާގެ ހައިދަރުއާބާދުގެ ރަންގާރެޑީ ޑިސްޓްރިކްޓްގެ ޝާދްނަގަރުގައި 26 އަހަރުގެ ޖަނާވާރުންގެ ޑޮކްޓަރެއް ރޭޕްކޮށް އަންދާލާފައި އޮއްވާ ފެނުނުތާ މާގިނަ ވަގުތުތަކެއް ނުވެ އުޅެނިކޮށް އެ ސަރަހައްދާއި މާދުރު ނޫން ހިސާބެއްގައި އިތުރު އަންހެނަކު ރޭޕްކޮށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު، ޖަނަވާރުންގެ ޑޮކްޓަރު، ޕްރިޔަންކާ ރެއްޑީ ރޭޕްކޮށް އަންދާލާފައި އޮއްވާ ފެނުނުއިރު އޭނާ ރޭޕްކޮށްފައި ވަނީ އޭނާ ދުއްވަމުންދިޔަ ސައިކަލުގެ ޓަޔަރު ފަޅައިގެން ދިއުމުން އެ މަގުން ދިޔަ ލޮރީ ޑްރައިވަރެއްގެ އެހީއަށް އެދުމުން އެހީވާނެ ކަމަށް ބުނެ ގެންދިއުމަށް ފަހު އެވެ.

އިންޑިއާގެ ފުލުހުން ބުނާ ގޮތުން މި ދެމަރަކީ ގުޅުން ހުރި ދެ މަރުކަން އަދި ކަށަވަރެއް ނުކުރެވެ އެވެ. އެކަމަކު ފަހުން ފެނުނު އަންހެން މީހާގެ ހަށިގަނޑުގެ ނިޝާންތަކަށް ބެލުމަށް ފަހު ފުލުހުން ވަނީ އޭނާ ވެސް މަރާލާފައިވަނީ ރޭޕްކުރުމަށް ފަހު ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

އުމުރުން 35 އަހަރުގެ މި އަންހެން މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ މިކަމުގައި ޝައްކުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. މިކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.

ގޭންގު ރޭޕުތައް އިންޑިއާގައި އިންތިހާއަށް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކު ވެސް އެތައް އަންހެނަކު އެގައުމުގައި ރޭޕްގެ ޝިކާރައަކަށް ދަނީ ވަމުންނެވެ.

މީގެ އަހަރުތަކެއް ކުރިންވެސް އިންޑިއާގައި ވަނީ ބޮޑު ގޭންގް ރޭޕެއް ހިންގާފަ އެވެ. އެގޮތުން އުމުރުން 23 އަހަރުގެ ޖޯތީ ސިންގް ނަމަކަށް ކިޔާ އަންހެން ކުއްޖަކު، ބަހެއްގެ ތެރޭގައި ރޭޕްކޮށް އެއްލާލިއިރު އެ ހާދިސާއަކީ ގިނަ ބަޔަކު ރޮއްވާލި ހާދިސާ އެކެވެ. ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް އިންޑިއާގެ އަންހެނުން މަގުމައްޗަށް ނިކުމެ އަޑުއުފުލިއިރު އެކުއްޖާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އިންޑިއާ ރޭޕު
ހިޔާލު