Thiee Nidhi gadha meehehtha? Miothee bodu musaara aai eku ekasheegenvaa vazeefaa eh!
image
މީހަކު ނިދާފައި
0 ކޮމެންޓް
 

ތިއީ ނިދިގަދަ މީހެއްތަ؟ މިއޮތީ ބޮޑު މުސާރައާއެކު އެކަށީގެންވާ ވަޒީފާއެއް!

ހަމަ ނިދި ނުލިބި މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށް ބުނެ ކުރާ ޝަކުވާއަކީ އާންމު ޝަކުވާ އެކެވެ. ނިންޖާހުރެ ގަޑިއަށް މަސައްކަތްތަކަށް ނުނިކުމެވުމަކީ ވެސް އާންމުކޮށް ބައެއް މީހުންނަށް ކުރިމަތިވާ ކަމަށްވާއިރު މިއީ އެފަދަ ފަރާތްތަކަށް އޮތް އުފާވެރި ހަބަރެކެވެ.
އިންޑިއާގެ ކުންފުންޏަކުން، ނިދަން ލޯބިކުރާ ފަރާތްތަކަށް ހާއްސަ ވަޒީފާއެއް މިވަނީ ތައާރަފުކޮށްފަ އެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކުވެސް ނުވަ ގަޑިއިރު ވަންދެން ނިދުމެވެ.

ބެންގަލޫރަށް ނިސްބަތްވާ، "ވޭކް ފިޓް" ނަމަކަށް ކިޔާ ކުންފުންޏަކުން މިވަޒީފާއަށް ހުޅުވާލާފައިވާއިރު މިކަމަށް ކުރިމަތިލާން ވާނީ މިކަމަށް ލޯބިކުރާ މިކަމުގެ ހުނަރު ހުރި މީހުން ކަމަށްވެސް ކުންފުނިން ބުނެފައިވެ އެވެ.

މީގެއިތުރުން މިވަޒީފާއަށް ދާއިރު ލާންޖެހެނީ ނިދަން ހާއްސަ ހެދުމެކެވެ. އެގޮތުން މިވަޒީފާއަށް ހޯދަމުން ގެންދަނީ 100 ދުވަހުގެ މުއްދަތަކަށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކެވެ. މިމުއްދަތުގައި ނުވަ ގަޑިއިރު ނިދުމުގެ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް އެއްލައްކަ ރުޕީސް ދޭން ވަނީ ނިންމާފަ އެވެ.

މިވަޒީފާގެ އިންޓާންޝިޕްގެ ބައިވެރިންގެ ނިދުމުގެ ޕެޓާން އެ ކުންފުނިން ބަލާނެ އެވެ. އެއާއެކު ކައުންސިލިން ސެޝަންތައްދީ އެމީހުންގެ ނިދުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ކުންފުނިން ދެނެގަންނާނެ ކަމަށްވެސް ބުންޏެވެ.

ވެކް ފިޓް ކުންފުނީގެ ޑިރެކްޓަރު އަދި ކޯފައުންޑަރު، ޗައިތަންޔާ ރަމަލިންގެގޯޑާ ބުނީ އެގޮތަށް ނިދައިގެން އާމްދަނީ ލިބޭނެ ކަމެއް ކުރަން ނިންމީ ދިރިއުޅުމުގެ އެހެން ކަންކަމާ އެއްގޮތަށް ހަމަ ނިދި ލިބުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމަށް ދެކޭތީ ކަމަށެވެ.

އާންމުކޮށް ބިޒީ ދިރިއުޅުމެއްގައި އުޅޭތީ ދުވާލަކު މަދުވެގެން ހަތްގަޑިއިރު ނުނިދޭ ފަހަރުތައް ވެސް ކުރިމަތިވެ އެވެ. އެހެންކަމުން މިއީ ނިދިގަދަ މީހުންނާއި ނިދި ހަމައަށް ނުލިބިގެން ޝަކުވާ ކުރާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
އިންޑިއާ
ހިޔާލު