Fenakaige Engineerunge mahaasinthaa fashaifi
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފެނަކަ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމު ކުރި "އިންޖިނިއަރުންގެ މަހާސިންތާ 2019" މިއަދު ފަށައިފި އެވެ.
ދަރުބާރު ގޭގައި މިމަހާސިންތާ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ 152 ބްރާންޗުން ޖުމްލަ 189 ފަންނީ މުވައްޒިފުން ވަނީ ބައިވެރިވެފަ އެވެ.

އިންޖިނިއަރުންގެ މަހާސިންތާ އަކީ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒިފުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެއް ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ފެނައިން ބުނީ މިމަހާސިންތާގެ މަގުސަދަކީ ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ގާއިމްކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގޮތުން ދިމާވާ ގޮންޖެހުންތަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ.

މީގެއިތުރުން މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށްޓަކައި ފެނަކައިގެ އިންޖިނިއަރުންނާއި ބްރާންޗުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒިފުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މިފަދަ މަހާސިންތާއެއްގެ ބޭނުމެއް ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކަ
ހިޔާލު