GoAir ge dhathuruthah anehkaa ves Raajje ah fashaifi
image
ގޯއެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
0 ކޮމެންޓް
 

ގޯއެއާގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް ފަށައިފި

އިންޑިއާގެ ގޯއެއާގެ ދަތުރުތައް އަނެއްކާވެސް މިއަދު ރާއްޖެއަށް ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެވެ.

ބަޖެޓް އެއާލައިނެއް ކަމުގައިވާ ގޯއެއާގެ ދަތުރުތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވެސް ރާއްޖެއަށް ފެށި އެވެ. ނަމަވެސް ގެއްލުންވަމުންދާ ކަމަށް ބުނެ މިދަތުރުތައް މެދުކަނޑާލީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން އިންޑިއާގެ ތިން ސިޓީއަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ވިޔަފާރީގެ މަރުކަޒު މުމްބާއީގެ އިތުރުން އައިޓީ މަރުކަޒެއް ކަމަށް ބަލައި ބެންގަލޫރު ހިމެނެ އެވެ.

ނިއުދިއްލީއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

މުމްބާއީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހެވެ.

ބެންގަލޫރާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި އާދީއްތަ ދުވަހު އެވެ.

އިންޑިއާގެ ވާދިއާ ގްރޫޕުން އޮޕަރޭޓް ކުރާ ގޯއެއާގެ ބައިނަލްއަގްވާމީ ދަތުރުތައް ތައިލެންޑްގެ ޕުކެޓަށް ވެސް މިހާރު ގެންދަނީ ކުރަމުންނެވެ.
ގޯއެއަރ
ހިޔާލު