Shraddha aai kaiveni kuran supportaraku egeah!
image
ޝްރައްދާ
0 ކޮމެންޓް
 

ޝްރައްދާއާ ކައިވެނި ކުރަން ސަޕޯޓަރަކު އެގެއަށް!

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރާ ކައިވެނި ކުރަން ބޭނުންވެގެން ސަޕޯޓަރަކު އެގެއަށް ގޮސްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެމީހާ ޝްރައްދާ ދިރިއުޅެމުން އަންނަ ގެ ކައިރިއަށް ގޮސް، ޝްރައްދާއާ ބައްދަލުކުރަން ބޭނުންވި ކަމަށާއި އަދި ޝުރައްދާއާ ކައިވެނި ކުރަން އޭނާ ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެއިތުރުން ގަދަކަމުން އެގެއަށް ވަންނަން އުޅުމުން ސެކިއުރިޓީ ގާޑުން ވަނީ އެތަނުން އެމީހާ ފޮނުވާލާފައި ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.

އަޑުތައް އަރާފައިވާ ގޮތުގައި ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަޝްހޫރު ފޮޓޯގްރާފަރު ރޯހަން ޝްރެސްތާއާ އެވެ. އަދި މި ދެ މީހުން ކައިވެނި ކުރަން އުޅޭކަމަށް ވެސް ވާހަކަތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް މިވާހަކަ އޭނާގެ ބައްޕަ ޝައްތި ކަޕޫރު ވަނީ ދޮގުކޮށްފަ އެވެ.

"އޭކް ވިލަން" އާއި "ބާގީ" އަދި "އާޝިގީ 2" ގެ އިތުރުން "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސުޝާންތު ސިންގް ރާޖުޕުތްއާ އެކު "ޗިޗޯރް" އިންނެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ކޮރެއޮގްރާފަރު ރޭމޯ ޑި ސޫޒާ ތައްޔާރުކުރާ ފިލްމު "ސްޓްރީޓް ޑާންސާ" ގައެވެ. މިފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ވަރުން ދަވަން އެވެ.
ހިޔާލު